މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ވިޔަފާރި ބަނދަރުގައި އޯޕަން ސްޓޯރޭޖުގައި މުދާ ބަހައްޓައިގެން ޑެމަރޭޖް ނާރާ މުއްދަތު އިތުރުކޮށްފިއެވެ.
އޯޕަން ސްޓޯރޭޖުގައި ބަހައްޓާ މުދަލުން ފީ ނުނަގައި ބަހައްޓައިދޭ މުއްދަތު ކުންފުނީގެ ބޯޑުން އިތުރު ކުރަން ނިންމީ ވިޔަފާވެރިންނަށް ދޭ ލުއެއްގެ ގޮތުންނެވެ.
އެމްޕީއެލުން ބުނީ ޑެމަރޭޖު ނާރާގޮތަށް ބަހައްޓާ މުދަލުގެ ތެރޭގައި ކޮންވެންޝަނަލް މުދާ ނުވަތަ އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުހިމެނޭ ކަމަށެވެ. މިގެނައި ބަދަލަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއިފަސޭހަ ކޮށްދިނުމަށާއި، އިޤްތިޞާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް ކަމަށެވެ.
މީގެ ކުރިން ބަނދަރުގެ އޯޕަން ސްޓޯރޭޖް އޭރިޔާގައި ބަހައްޓާ ކޮންވެންޝަނަލް ކާގޯއަށް ޑެމަރޭޖު ނާރާ ގޮތަށް ނުވަތަ އަގަކާ ނުލާ މުދާ ބަހައްޓައި ދެނީ 5 ދުވަހަށެ. ނަމަވެސް އެމްޕީއެލުން ގެނައި ބަދަލާއެކު އެ މުއްދަތު މިހާރު 10 ދުވަހަށް އިތުރުކޮށްފަ އެވެ. އެމްޕީއެލުން ބުނީ މި ބަދަލުގެ ދަށުން ޑެމަރޭޖު ނާރާ ގޮތަށް ބަހައްޓާ މުދަލުގެ ތެރޭގައި އަވަހަށް ހަލާކުވާ ޒާތުގެ މުދާ ނުހިމެނޭ ކަމަށެވެ.
މި ބަދަލަކީ ރާއްޖޭގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލުއި ފަސޭހަކޮށް ދިނުމަށާއި، އިޤްތިޞާދީ ގޮތުން އެ ފަރާތްތަކަށް ކުރިމަތިވާ ގޮންޖެހުންތައް ޙައްލު ކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ގެނައި ބަދަލެއް ކަމަށް ެސް އެމްޕީއެލުން ބުންޏެވެ.
މިދިޔަ އަހަރުގެ ޑިސެންބަރު މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، ވިޔަފާރިތަކުން ހުށަހެޅި ބައެއް ކަންބޮޑުވުންތަކާއި ގުޅިގެންނެވެ. ވިޔަފާރިވެރިންގެ މިކަންބޮޑުވުންތަކަށް ގެންނަމުންދާ ޙައްލުތަކުގެ ތެރެއިން ރައީސް ވަނީ، ރާއްޖެއަށް މުދާ އެތެރެކުރުމުގެ މަރުހަލާގައި އެމްއޭސީއެލްގައި ޑެމަރޭޖް ނާރާ ހޭދަވާ ވަގުތު، 80 ގަޑިއިރުން 124 ގަޑިއިރަށް ބަދަލު ކުރުމަށް ނިންމަވާފައެވެ. އަދި މުދާ ކުލިއަރ ކުރުމުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރުމަށްވެސް ވަނީ ނިންމާފައެވެ. މި ބަދަލުތައް ގެނެސްފައިވަނީ، އެ ބައްދަލުވުމުގައި ވިޔަފާރި ވެރިން ހުށަހެޅި ޝަކުވާތަކާއި ޝުއޫރުތައް އަޑު އެއްސެވުމަށް ފަހުގައެވެ.

