ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝަރޫއުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، އާރްޑީސީއާ ހަވާލުކޮށްފިއެވެ.
މި މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރުމަށް އިމާރާތްކުރުމާބެހޭ ވުޒާރާގައި މިއަދުވަނީީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
ތިނަދޫ ސިޓީ މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ މަސައްކަތް އާރޑީސީއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާބެެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އާރްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
ތިނަދޫ ސިޓީ މަގުހެދުމުގެ 3 ވަނަ ފިޔަވަހީގެ ދަށުން، ޖުމްލަ 50 މަގެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މަގުތަކުގައި ތާރު އަޅައި، ފެން ހިންދާ ނިޒާމު ގާއިމުކުރުމުގެ މަސައްކަތްތައް ކުރުމަށް ވަނީ ހަމަޖެހިފައިވެއެވެ. އަދި މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކޮށް ނިންމާއިރުގައި ރޯޑް މާރކިން އަދި ސައިން ބޯޑް ހަރުކުރުމާއެކު ދުވާރުތައް ހެދުމުގެ މަސައްކަތް ކުރުމަށް ވެސް ވަނީ ނިންމާފައެވެ.
ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝަރޫއުގެ 3 ވަނަ ފިޔަވަހީގެ މި މަސައްކަތް އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 1440 ދުވަސްތެރޭގައި ނިންމާ ގޮތަށެވެ.މިއީ 341 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.
ރާއްޖޭގެ ސިޓީ ތަކުގެ ހުރިޙައި މަގުތަކެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދެކެވެ.

