ކުޑަކުއްޖަކަަށް ޖިންސީ ގޯނާކުރުމުގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނެފައިވަނީ މިއީ ނޯތު ސެންޓްރަލް ޕޮލިސްގައި ހިމެނޭ ރަށެއްކަމަށެވެ. އަދި އެ ސަރަހައްދުގައި ހިމެނޭ ރަށަކުން ކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކޮށް މިދިޔަ މަހުގެ 27 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރުގެ ފިރިހެނެކެވެ.
މި މައްސަލަ ފުލުހުންނާއި ކަމާ ގުޅުންހުރި އިދާރާތައް އަންނަނީ ތަހުގީގުކުރަމުންނެވެ.

