logo

ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނާއެކު ޔޫތު ހެކަތޯން ފަށައިފި

އާމިނަތު މޫސާ
2 ދުވަސް ކުރިން

ކޯޑިން ދާއިރާއަށް ޝައުގުވެރިވާ 85 ޒުވާނުންނާއެކު ޔޫތު ހެކަތޯން ފަށައިފިއެވެ.

މި ހަރަކާތަކީ ކޯޑިން ދާއިރާއަށް ޝައުގުވެރިވާ ޒުވާނުންނަށް ޚާއްސަކޮށްގެން މި ވުޒާރާއިން ބާއްވާ ހަރަކާތެކެވެ.މި ހަރަކާތުގައި ޖުމްލަ 85 ޒުވާނުން ވަނީ މިއަހަރު ބައިވެރިވެފައެވެ. މި ހަރަކާތަކީ 3 ދުވަހަށް ދެމިގެންދާ ހަރަކާތެކެވެ.

ޖުމްލަ 48 ގަޑިއިރަށް މެދުނުކެނޑި ކުރިއަށްގެންދާ މި ހަރަކާތުގައި ޓީމްތަކުން ތަފާތު 4 ޓީމެޓިކް އޭރިއާއަކަށް ޕިޗް ނުވަތަ ހުށައެޅުންތައް ހުށައަޅާނެއެވެ.

ޖުމުލަ 85 ބައިވެރިންނާއެކު މި ހަރަކާތް ތިން ދުވަހަށް ކުރިއަށް ގެންދާނެއެވެ. ޔޫކް ހެކް ނިމޭނީ މާދަމާ އެވެ. މެދުނުކެނޑި 48 ގަޑި އިރަށް ކުރިއަށް ގެންދާ މިހަރަކާތުގައި ޓީމްތަކުން ތަފާތު ހަތަރު ތީމެއް ޓިކް އޭރިއާއަށް ޕިޗް ނުވަތަ ހުށަހެޅުންތައް ހުށަހެޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއަހަރުގެ ޔޫތު ހެކަތޯން ފެށުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ވިދާޅުވީ، މިއަހަރުގެ ހެކަތޯންގައި ގިނަ ޓީމުތަކެއް ބައިވެރިވެފައިވުމުން ފެނިގެންދަނީ ޒުވާނުން މިކަމަށް ހުރި ޝައުގުކަމަށެވެ.

މި ހެކަތޯންގެ ބޭނުމަކީ ކުރިއަރަމުން އަންނަ ޒުވާނުން އައިޓީގެ ދާއިރާއިން ބައްދަލުވެ އިތުރު މަގުތައް ހޯދައިދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން ގައުމަށް ބޭނުންވަނީ ކޮންކަމެއްތޯ ބަލައި އީޖާދީ ގޮތެއްގައި ގެނެވިދާނެ ހައްލުތައް ހޯދިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ހެކަތޯންއިން އެންމެ މޮޅު ތިން ޓީމު ހޮވުމަށް ވަނީ ނިންމާފަ އެވެ. އެގޮތުން އެއްވަނަ އަށް ހޮވޭ ޓީމަކަށް 100،000 ރުފިޔާ، ދެވަނަ އަށް ހޮވޭ ޓީމަކަށް 75،000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ޓީމަކަށް 50،000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

މޯލްޑިވްސް ޔޫތު ހެކަތޯންއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާތެރޭގައި ފަށާފައިވާ ހަރަކާތެކެވެ. މި ހަރަކާތުގެ ބޭނުމަކީ ޓެކްނޮލޮޖީގެ ދާއިރާގައި ޒުވާނުން ކުރިއަށް ގެންދިޔުމަށް ބޭނުންވާ ހުނަރު ތަރައްގީކޮށް، އެ ހުނަރު ދުނިޔޭގެ ބާޒާރުގައި ބޭނުން ކުރެވޭ ވަރަށް ފުރުސަތުތައް ކިޔައިދީ، އެކަން ތަނަވަސްކޮށްދިނުން ކަމަށް އެ ވުޒާރާއިން ބުނެފައިވެ އެވެ.

ad