ބިދޭސީއަކު ރަހީނުކޮށް އަނިޔާކުރިކަމުގެ ތުހުމަތުގައި އެހެން ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކުރީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އިގުބާލް މިއާ، 35، އެވެ.
އޭނަގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭނާ ކޯޓަށް ހާޒިރު ކުރީ އިއްޔެ އެވެ. ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ބަންދަށް 30 ދުވަސް ވަނީ ޖަހާފައިވެ އެވެ.
ކޯޓު އަމުރުގައިވާ ގޮތުން އިގްބާލް ކުށް ކުރި ކަމަށް އެކަށީގެންވާ ހެކި ހުށަހަޅާފައިވެ އެވެ. އަދި އޭނަ އަކީ ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ މީހެއް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.
އިގުބާލް މިއާ އަށް ކުރަނީ ބިދޭސީއަކު ރަހީނުކޮށްގެން ގެންގުޅެ އަނިޔާކޮށްފައިވާކަމުގެ ތުހުމަތެވެ.
އިގްބާލް ވަނީ އެހެން ބިދޭސީއަކު ރަހީނުކޮށް ގެންގުޅެ އެ މީހާއަށް އަނިޔާކޮށްފައެވެ.

