logo

ރައީސްގެ ބޮލުގަ އަޅުވަނީ ދޮގު ތުހުމަތެއް، ޚަތިމުގަ އަތްލާ ހުވާކުރަން ކެރޭނެ: މެމްބަރު ފަލާހް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ދުވަހެއް ކުރިން

ރައީސުލްޖުމްހޫރިއްޔާގެ އަގުވައްޓަން ދައްކަމުންދާ ވާހަކަތަކަކީ ދޮގުވާހަކަތަކެއް ކަމަށާއި، ނަމަވެސް އެކަން އަމިއްލަފުޅަށް ދޮގުކުރަން ކެރޭނެ ކަމަށް ވިދާޅުވެ ޚަތިމުގަ އަތްލާ ހުވާކުރުމަށްވެސް ޖެހިލުމެއް ނެތް ކަމަށް އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ޕީޖީ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވެއްޖެއެވެ.

ފަލާހް މިހެން ވިދާޅުވީ މިއަދު ޕީއެންސީން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އެގޮތުން ވިދާޅުވީ ސިޔާސީ ބޭނުމެއްގަ ރައީސް ބޮލުގަ ދޮގު ތުހުމަތުތަކެއް އަޅުވަނީ ކަމަށެވެ. ރައީސް އަކީ ކެތްތެރި މާތް އިންސާނެއް ކަމަށާއި، އެފަދަ ކަމެއް އެމަނިކުފާނު ނުކުރާނެ ކަމަށެވެ. އަދި މިކަން ދިވެހި ރައްޔިތުންނަށް ވަރަށް ރަނގަޅަށް އެގޭނެ ކަމަށްވެސް ވިދާޅުވިއެވެ.

" އަދި އަމިއްލަ ނަފްސުނޫން އެހެން މީހެއްގެ މައްޗަށް ކަމެއްގަ އިތުބާރު ކުރަންޏާ 100 ޕަސެންޓަށް ޚަތިމުގަ އަތްލާ ހުވާކުރަން ކެރޭ ވަރު ދޮގުވާހަކަތަކެއް ކަމަށް މިހާރު ފަތުރަމުންދަނީ. ވަރަށް ހަނގީގަތާއި ޙިލާފް ދޮގުވާހަކަތެއްކެއް ފަތުރަނީ. " ފަލާހް ވިދާޅުވިއެވެ.

ފަލާހް މިއަދު މިހެން ވިދާޅުވެފައިވާއިރު، އަދަދު ނޫހުން 28 މާރޗްގަ ގެނެސްދިން އައިޝާ ޑޮކިއުންމެންޓަރީގެ މައްސަލަ ވަނީ މިހާރު ބަލަން ފަށާފައެވެ. އެ ޑޮކިއުުމެންޓްރީގައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މައްޗަށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައި އެވެ. އެ ގޮތުން، ކައިވެނިން ބޭރުން މުއިއްޒު ގުޅުމެއް ބޭއްވި ކަމަށާއި އޭނާއަށް މުއިއްޒު ޖިންސީ ފުރައްސާރަ ކުރި ކަމަށް ވެސް އޭނާ ތުހުމަތު ކޮށްފައިވެ އެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ރައީސް އޮފީހުގައި ކުރިއަށް ދިޔަ ރައީސްގެ ޕްރެސްގައި ރައީސް ވަނީ ނޫސްވެރިއަކު ކުރި ސުވާލުގެ ޖަވާބުގައި އެކަން ދޮކޮށްފައެވެ.

އަދި މުވައްސަސާތަކަށް އެ މައްސަލަ ބަލަންވެސް އެދިފައެވެ. ފާލާހް ވިދާޅުވީ ރައިސުލްޖުމްހޫރިއްޔާ އަކީ ސާފްތާހިރު ރަނގަޅު ވެރިކަމެއް ކުރިއަށް ގެންދާނެ ވެރިއެއް ކަމަށެވެ. މިގޮތުން އެމަނިކުފާނު ފާހަގަ ވަނީ ދީނަށް ހުރަމްތަތެރި ކޮށް ހިތާ، ދީނަށް ލޯބިކުރާ ވެރިއެެްގެ ގޮތުގައި ކަމަށް ވެސް ވިދާޅުވިއެވެ.

ad