logo

ނަޝީދުގެ ރައްދެއް ފަލާހަށް، އެމްޑީޕީގެ ސަރުކާރުގަ 42 މިސްކިތް ވަނީ ބިނާކޮށްފަ: ރައީސް ނަޝިދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

2008 ވަނަ އަހަރާއި ހަމަޔަށް ރާއްޖޭގެ ގިނަ މިސްކިތް ބިނާ ކުރީ އަމިއްލަ ފަރާތްތަކުން ކަމަށާއި، އެމްޑީގެ ސަރުކާރުގަ 42 މިސްކިތް ބިނާކުރެވިފަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝިދު މީސްމިޑީއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ 2008 ވަނަ އަހަރާއި ހަމަޔަށް ރާއްޖޭގެ ގިނަ މިސްކިތް ބިނާ ކުރީ އަމިއްލަ ފަރާތްތަކުން ކަމަށާއި، އެމްޑީޕީގެ ސަރުކާރުގަ 42 މިނިސްކިތް ބިނާކުރެވިފަވާ ކަމަށެވެ.

View post on Twitter

މިސްކިތް ބިނާކުރުމާއި ގުޅޭ ގޮތުން ރައީސް ނަޝީދު ޕޯސްޓެއް ކުރައްވާފައިވާއިރު،މިސްކިތްތަކަށް ގެއްލުންދިނުމަކީ ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ކަނޑައެޅުމަށް މިދިޔަ ނޮވެންބަރު މަހު ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ހުށަހެޅުއްވި ބިލަށް ބަހުސްކުރަމުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އެމްޑީޕީގެ މެންބަރުންނަކީ ލާދީނީ ބައެއްގެ ގޮތުގައި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާޙް ވަނީ ސިފަކުރެއްވާފައެވެ. އަދި އެމްޑީޕީން ދައްކާފައި ހުރި ލާދީނީ ވާހަކަ ނުފޮރުވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ފަލާހް ފާހަގަ ކުރެއްވީ އެމްޑީޕީގެ ވެރިކަން ބަދަލުވުމަކީ ގައުމަށް ލިބުނު ހެޔޮ ނަސީބެއް ކަމަށާއި، މި އިސްލާމީ ގައުމެއްގައި އިސްލާމްދީން ދެމެހެއްޓުމަށް ވެސް ލިބުނު ބޮޑު ރަހުމަތެއް ކަމަށެވެ. އެމްޑީޕީއަކީ އަބަދު ވެސް ލާދީނީ ފިކުރުގެ ބައެއް ކަމަށް ފަލާހް ވިދާޅުވިއެވެ. އެކަމަށް ކަންބޮޑުވުން ފާޅުކުރައްވާ މެމްބަރު ކުޑޫ ވަނީ އެކަން ހުއްޓުވައިދިނުމަށް ރިޔާސަތުގައި އެދިވަޑައިގެންފައެވެ. ކުޑޫ ވިދާލުވީ އިޚުލާސްތެރިކަމާ އެކު އަނެކަކަށް މިގޮވާ ލާދީނީ މިއީ އަނގަހައްދު ޖަހަން ޖެހޭ ވަރުގެ، ދީނުން ބޭރުވާ ވަރުގެ ވާހަކައެއް ކަމަށާއި، އެކަކު އަނެކަކާ ދިމާލަށް [ލާދީނީ] ގޮވުން ހުއްޓުވައިދެއްވުމަށެވެ. ނަމަވެސް، ގާނޫނަކުން ނޫނީ އެކަން މަޖިލީހުގައި ނުހުއްޓުވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ވިދާޅުވިއެވެ.

އެމްޑީގެ ފުރަތަމަ ރައީސް ގެ މަގާމުގައި ހުންނެވި ރައީސް މުހައްމަދު ނަޝިދު ވިދާލުވީ އެމަނިކުފާނުގެ ވެރިކަމުގައި މިސްކިތްތައް ބާވެ ޖާގަ ކުޑަވެފަވުމުން މިސްކިތް ބިނާކުކުރުމުގެ ޕްރޮގްރާމެއް ހިންގަން އޭރުގެ ކެބިނެޓުން ނިންމާ 42 މިސްކިތް ބިނާކުރެވިފައިވާ ކަމަށެވެ.

ad