އއ. ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ޤައުމީ އެއާލައިން، މޯލްޑިވިއަނުން ތައްޔާރުވެއްޖެއެވެ.
މި ޚިދުމަތް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި މޯލްޑިވިއަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އަލީ ސަލީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވާ ތާރީޚުތަކަށް އެ ރަށްރަށަށް ސީޕްލޭންގެ ޚިދުމަތް ފޯރުކޮށްދިނުމަށް މޯލްޑިވިއަނުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެގޮތުން އެންމެ ފަހުން ޚިދުމަތް ފެށީ ވެލިދޫގައެވެ. އަދި މިމަހުގެ 12 ވަނަ ދުވަހު ތޮއްޑޫއަށް ސީޕްލޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާކަމަށް ސަލީމް ވިދާޅުވިއެވެ.
ތޮއްޑޫއަށް މޯލްޑިވިއަންގެ ސީޕްލޭންގެ ހިދުމަތް ހަފްތާއަކު 2 ދުވަހު ބާއްވާނެއެވެ. ސީޕްލޭންގެ ހިދުމަތާއެކު ތޮއްޑޫގެ ފަތުރުވެރިކަމާއި އިގްތިސާދަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެއެވެ.
ސީޕްލޭންގެ ޙިދުމަތް ފެށުމުގެ ސަބަބުން ދަތުރުފަތުރުކުރަން ރައްޔިތުންނަށް ފަސޭހަވެގެންދާނެއެވެ. ރައިސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ރައްޔިތުންގެ އެދުމުގެ މަތިން މިހާތަނަށް 2 ރަށަކަށް ސީޕްލޭންގެ ޙިދުމަތް ފައްޓަވައިދެއްވައިފައެވެ.

