މާލެ ސަރަޙައްދުގެ ވައި ނުސާފުވެ، ލޮލަށް ފެންނަ ދުރުމިން ހުރީ ހަ ކިލޯމީޓަރުގައި ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ އިން ބުނެފިއެވެ.
މެޓުން ބުނީ އެންމެ އުތުރުގެ ސަރަހައްދުތަކުގައި ލޮލަށް ފެންނަ ދުރުމިން އަދި ރަނގަޅު ކަމަށާއި އެއްވެސް ވަރަކަށް ދަށްވެފައިވާ ކަމަށް ނުދައްކާ ކަމަށެވެ. އަދި މެދުރާއްޖެތެރެ، މާލެއާއި ހުޅުލެ އަދި ވިލިމާލޭގެ ވައި ނުސާފުމިން ހަ ކިލޯމީޓަރަށް ދަށްވެފައި ވާކަމަށެވެ.
ފަހަކަށް އައިސް ކޮންމެ އަހަރަކުވެސް ހުޅަނގު މޫސުން ނިމި އިރުވައި މޫސުން ފެށޭ ދުވަސްވަރު ނުވަތަ ދެ މޫސުން ބެދޭ ދުވަސްވަރު ރާއްޖޭގެ ވައި އާންމުކޮށް ނުސާފުވެއެވެ.


