logo

ޕެންޝަން އޮފީހުގެ ޗެއާޕާސަންކަމުގެ މަގާމަށް ޢަބްދުލްމަޖީދު

ދިވެހި ޗެނަލް
ދިވެހި ޗެނަލް
11 ގަޑިއިރު ކުރިން

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު ޢަލީ އައްޔަން ކުރައްވައިފިއެވެ. އޭނާ އެ މަޤާމަށް އައްޔަން ކުރެވުމާއި ގުޅިގެން ޕެންޝަން އޮފީހުން ވަނީ ހާމަކުރައްވާފައެވެ.

ޕްރައިވެޓް ސެކްޓަރު ތަމްސީލު ކުރާ މެމްބަރެއްގެ ހައިސިއްޔަތުން މަޖީދު ޕެންޝަން އޮފީހުގެ ބޯޑަށް އައްޔަނުކުރައްފައިވަނީ ފެބްރުއަރީ 10، 2022 ގައެވެ.

ޕެންޝަން އޮފީހުގެ ޗެއާޕާސަނެއްގެ ގޮތުގައި މަޖީދު ހަމަޖެއްސިކަން އިއުލާނުކުރީ މިއަދެވެ. ޕެންޝަން އޮފީހުގެ ޗެއާއަކަށް ހަމަޖެއްސެވި މަޖީދު ވަނީ ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާ މެންބަރެއްގެ ހައިސިއްޔަތުން ބޯޑުގައި ތަމްސީލް ކުރައްވާފައެވެ.

ޕެންޝަން އޮފީހުގެ ޗެއާޕާސަނެއްގެ ގޮތުގައި ބޭފުޅަކު ހަމަޖައްސަވާފައިމިވަނީ މީގެ ކުރިން އެ މަގާމުގައި ހުންނެވި ޑރ. އަޙްމަދު އިނާޒް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އިނާޒް މަގާމުން އިސްތިއުފާދެއްވާފައިވަނީ މިއަހަރުގެ ފެބުރުއަރީމަހުގެ ތެރޭގައެވެ.

މަޖީދަކީ އޮޑިޓް އަދި ފައިނޭންޝަލް ކޮންސަލްޓަންސީ ފޯރުކޮށްދޭ ރެޖިސްޓާޑް އޮޑިޓް ކުންފުންޏެއް ކަމަށްވާ އޮޕްޓިމޯ އެލްއެލްޕީގެ މެނޭޖިން ޑައިރެކްޓަރެވެ. މީގެ ކުރިން އޭނާ ވަނީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ބޯޑު މެމްބަރުކަން ވެސް ކުރައްވައިފަ އެވެ. އަދި ބީއެމްއެލް އާއި ބޭންކް އޮފް ސިލޯންގައި މަސައްކަތްކުރެއްވި އެވެ.

ޕްރައިވެޓް ސެކްޓަރ ކުރިއެރުވުމުގެ ގޮތުން ކުރިއަށް ގެންގޮސްފައިވާ ގިނަ ޕްރޮޖެކްޓް ތަކެއްގައި މަޖީދު ވަނީ އަމަލީ ގޮތުން ބައިވެރިވެ ވަޑައިގަންނަވާފައެވެ. އެގޮތުން، ފާހަގަކޮށްލެވޭ ޕްރޮޖެކްޓް ތަކުގެ ތެރޭގައި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކުން ފަންޑްކޮށް ކުރިއަށްގެންދިޔަ 'ޕްރައިވެޓް ސެކްޓަރ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް' އަދި ޔޫކޭގެ އިސްލާމިކް ފައިނޭންސް އެޝުއަރެންސް އެންޑް އެޑްވައިޒަރީ ސަރވިސަސް އިން ހިންގި 'މައިކްރޯ-އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް' ހިމެނެއެވެ.

ad