logo

މަޖިލީހުގެ ނައިބު ރައީސްކަމުން އިސްތިއުފާދެއްވަން ދެކޮޅު ހެއްދެވުމުން، މެންބަރު ނާޒިމް ވަކިކުރަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
19 ގަޑިއިރު ކުރިން

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދަން ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕް (ޕީޖީ) އިން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރަން ނިންމާފައިވާއިރު، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ހިމެނޭ އަދި މެމްބަރުންނަށް އެކި އެކި މަޝްވަރާތައް ކުރުމަށް ހަމަޖައްސާފައިވާ ވަޓްސްއެޕް ގްރޫޕުން ވެސް ނާޒިމް ވަނީ ބޭރުކޮށްފަ އެވެ.

މިދިޔަ މަހު ފަހުކޮޅު މަޖިލީހުގެ ބާރުގަދަ ކޮމިޓީތަކުން ނާޒިމް ވަނީ ވަކިކޮށްފައެވެ. އެގޮތުން ނާޒިމް ވަކި ކޮށްފައިވަނީ ސަލާމަތީ ޚިދުމަތްތަކާ ބެހޭ (241) ކޮމިޓީއާއި، މާލިއްޔަތު ކޮމިޓީން ނެވެ.

މައުލޫމާތު ލިބޭ ގޮތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ސަރުކާރާ ދެކޮޅަށް މަސައްކަތް ކުރައްވާ ކަމުގެ ތުހުމަތުތަކުގެ އަޑު ވަނީ ފެތުރިފައެވެ.

މަޖިލިހުގެ ސުޕަ މެޖޯރިޓީ އޮތް ޕިއެންސީގެ ޕާލަމަންޓްރީ ގްރޫޕުން ބޭއްވި ބައްދަލުވުމެއްގައި މަޖިލިހުގެ ނައިބު ރައީސް ކަމުން ނާޒިމް ވަކިކުރަން ފެންނަ ކަމަށް ފާސްކޮށްފައެވެ.

ޕީއެންސީގެ 40 އަށް ވުރެ ގިނަ މެމްބަރުން ވަނީ ނާޒިމް ވަކިކުރަން ސޮއިކުރައްވެސް ކުރައްވާފައެވެ.

މަޖިލީހުގެ ނައިބު ރައީސް މާގާމުން ވަކިކުރެވޭނީ 24 މެންބަރުންގެ ސޮޔާ އެކުއެވެ. ޕީއެންސީގައި ޖުމްލަ މިހާރު 75 މެންބަރުން ތިއްބަވައެވެ.

މަސްދަރުތަކާ ހަވާލާދީ އެނގިފައިވާ ގޮތުގައި ނާޒިމް ވަކިކުރުމުގެ މައްސަލަ ކުރިއަށްދާ ޖަލްސާ އޮންނަނީ މާދަމާގެ ވަގުތެއްގައެވެ. މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަަބްދުﷲ މިހާރު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. މާދަމާގެ ޖަލްސާގެ ކުރިއަށްދާނެ ވަކި ގަޑިއެއް އަދި އެޖެންޑާއެއް ނުކުރެއެވެ.

ad