logo

ހިމަބިހީގެ ޚާއްސަ ވެކްސިން ކެމްޕޭނެއް ފަށަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
5 ގަޑިއިރު ކުރިން

ހިމަބިހީގެ ވެކްސިންގެ ދެ ޑޯޒް ފުރިހަމަނުކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހާއްސަ ވެކްސިން ކެމްޕޭނެއް ފެށުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ތައްޔާރު ވެއްޖެއެބެ.

މިހާތަނަށް މި ބަލީގެ 9 މީހަކު ރާއްޖެ އިން ވަނީ ފެނިފަ އެވެ.

2017 ވަނަ އަހަރު މިބަލި ރާއްޖެއިން ނައްތާލެވިފައިވާ ބައްޔެ ކަމަށް ކަނޑައަޅާފައިވާއިރު، މެއި މަހުގެ 13 ވަނަ ދުވަހުން ފެށިގެން މާލެ ސަރަޙައްދުން ހިމަބިހީގެ ކޭސްތަކެއްދަނީ ފެންނަމުންނެވެ. 2020 އަދި 2023 ވަނަ އަހަރުވެސް މި ބަލީގެ ކޭސްތަކެއް ފެިފައިވެއެވެ.

ހިމަބިހިން ރައްކާތެރިވުމަށް ދެވޭ ވެކްސިންގެ ސަބަބުން ބަލީގައި ފުރާނައަށް ގެއްލުންވުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ. އެޗްޕީއޭއިން ބުނީ ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ނުކުރާ އާންމުންނަށް ވެކްސިން ދިނުމަށް މިހާރު ވެކްސިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އަދި ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ މީހުންގެ ގޭގައި އުޅޭ މީހުންނާއި ޑައިރެކްޓް ކޮންޓެކްޓްސް އަށް ވެކްސިން ދެމުން އަންނަކަމަށްވެސް ވަނީ ބުނެފައެވެ.

ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއު ރޯގާ ޖެހުމާއި ކެއްސުމާއި ލޯ ރަތްވުމުގެ އިތުރަށް ހަމުގައި ރަތް ބިހިތަކެއް ނެގުން ހިމެނެ އެވެ. އެހެންކަމުން މިފަދަ އަަލާމާތެއް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަށް ސިއްހީ މާހިރުންގެ ލަފާ ހޯދުމަށް ވެސް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

ad