logo

ގައުމީ ކުތުބުހާނާގެ ގޮފިތައް އަތޮޅުތަކުގައި ގާއިމުކުރަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
21 ގަޑިއިރު ކުރިން

ގައުމީ ކުތުބުހާނާގެ ގޮފިތަކެއް އަތޮޅުތަކުގައި ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ކުތުބުހާނާ ގާއިމްކުރުމަށް ތައްޔާރުވަމުންދާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.

އެގޮތުން ގައުމީ ކުތުބުހާނާގެ ގޮފިތަކެއް އަތޮޅުތަކުގައި ގާއިމްކުރުމުގެ މަޝްރޫއުގެ ތެރެއިން ހަ ރަށެއްގައި މިހާރު ކުތުބުޙާނާ ގާއިމްކުރުމަށް ތައްޔާރުވަމުން އަންނަކަމަށް ވަނީ ބުނެފައެވެ. ނޫސްވެރިންގެ ބައްދަލުވުމެއްގައި، ވާހަކަދައްވަމުން ވަޒީރު ހީނާ ވިދާޅުވީ،"ފުވައްމުލައް އަދި އައްޑޫ ސިޓީގައި ޤައުމީ ކުތުބުހާނާގެ ގޮފި ގާއިމްކުރުމަށްޓަކައި މިހާރު އިމާރާތް ކުރުމަށްޓަކައި ބިންގާ އެޅި ކުރިއަށްއެބަދާ ކަމަށެވެ.

އަދި 2026 ވަނަ އަހަރު ގާއިމްކުރާ ލައިބްރަރީތަކުގެ، ރަށްރަށުގަ ހުރި އިމާރާތްތައް ބަދަލުކޮށްގެން ލައިބްރަރީތައް ގާއިމްކުރެވިދާނެ ތަންތަން ބަލައި، އިމާރާތް އެންމެ އަވަހަށް ކުރިއަށްގެންދެވިދާ ރަށްތައް ފާހަގަކޮށްފައިވާ ކަމަސެވެ. އަދި އެ ރަށްރަށަށް ގޮސް ތަނުގެ ހާލަތު ބަލައި، ކުރަން ހުރި ކަންކަން ކުރުމަށްޓަކައި މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

މިރަށްތަކަކީ ހއ. އިހަވަންދޫ، ހއ. ކެލާ، ނ. ކެނދުކުޅުދޫ، އދ. މަންދޫ، ރ. މީދޫ އާއި ދ. މީދޫ އަދި ތ. ބުރުނީއެވެ.

މީގެ އިތުރުން ވަޒީރު ފާހަގަ ކުރެއްވީ ޒަމާނީ ލައިބްރަރީތައް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް އިމާރާތްކުރުމަށްޓަކައި ބިންގާ އަޅާ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މީގެއިތުރުން ވެސް ލައިބްރަރީތައް ގާއިމްކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގައި، ލައިބްރަރީ ގާއިމްކުރެވޭނެ ތަންތަން ބަލަމުންދާކަމަށްވަޒީރު ވިދާޅުވިއެވެ.

ad