ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަންކުރައްވައިފިއެވެ.
ހެލްތު މިނިސްޓަރުގެ މަގާމުގައި ހުންނެވުމަށްފަހު ނާޒިމް އިސްތިއުފާދެއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ.
މިނިސްޓަރުގެ ފެންވަރުގައި ނާޒިމް އައްޔަން ކުރައްވާފައި ވަނީ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ. ނަމަވެސް ނާޒިމު އެ މަގާމަށް އައްޔަން ކުރެއްވީ ކޮންއިރަކު ކަމެއް ރައީސް އޮފީހުން ހާމައެއް ނުކުރެ އެވެ.
މި ސަރުކާރު ފެށުނު ފަހުން ނާޒިމް އެންމެ ފުރަތަމަ ވެސް އައްޔަންކުރެއްވީ ރައީސް އޮފީހުގެ ޕަބްލިކް ޕޮލިސީގެ ޕްރިންސިޕަލް ސެކްރެޓަރީއަށެވެ. އެއަށްފަހު ހެލްތު މިނިސްޓަރަކަށް އޭނާ އައްޔަންކުރެއްވީ 30 ސެޕްޓެމްބަރު 2024 ގައެވެ. ނަމަވެސް ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބަށް ފަހު، ކަންކަން ހަރުދަނާކުރުމަށް ކަމަށް ބުނެ ސަރުކާރުން އިސްތިއުފާދެއްވި 10 މިނިސްޓަރަންގެ ތެރޭގައި ނާޒިމް ހިމެނެއެވެ.

