ފީއަލީގައި ދެބެން ކަރަންޓުގައި ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި މީހުންނަށް ފަރުވާދޭން ވަނީ މިހާރު ނުލަންދޫ އަށް ގެންގޮސްފައެވެ.
މި ހާދިސާގައި އަނިޔާވި 27 އަހަރުގެ ފިރިހެނަކަށާއި 23 އަހަރުގެ ފިރިހެނަކަށެވެ. މި ހާދިސާގައި ވަރަށް ބޮޑަށް އަނިޔާ ވެފައިވާއިރު ލިބުނ އަނިޔާތަކުގެ ތެރޭގަައި އެކަކުގެ ކަނދުރާއަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ. އަނެކަކުގެ ބޯ ފަޅައިގެން ގޮސްފައިވާ ކަމަށް މައުލުމާތު ވަނީ ލިބިފައެވެ.
ފުލުހުން ބުނީ މި ހާދިސާ ގައި މަގުބައްތި ހޮޅިދަނޑިއަކުން ތިރިއަށް ފައިބަނިކޮށް ކަރަންޓުގައި ޖެހި އަނިޔާވެފައިވާ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.


