logo

ކުރިއަށް އޮތް 3 ދުވަހު ވިއްސާރަކުރާނެ: މެޓް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ކުރިއަށް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނެފިއެވެ.

މުސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހުމާއެކު ގުގުރާ އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށެވެ. ނ އަތޮޅުން ފެށިގެން ލ އަތޮޅާ ހަމަޔަށް ވަނީ ހުދު ސަމާލުވެސް ނެރެފައެވެ.

10 އޮގަސްޓުން 11 އޮގަސްޓްގެ 10:00 ހަމަޔަށް މޫސުން ލަފާ ގޮތަށް ބަލާލާއިރު، މޫސުން އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަމަށް ވެސް އެ އިދާރާއިން ބުނެފައި ވެއެވެ.

ވައި ހުންނާނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި، ވައި ޖެހޭނީ ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލު ބާރުމިނަށް ކަމަށެވެ.

ކަނޑު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށް ބުނެފައިވާ އިރު، ރާޅުގެ އުސްމިން 6 ފޫޓް އާއި 3 ފޫޓަށް ހުންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުން އެދެވިގެންވާ ކަމަށް ވެސް މޫސުމާއ ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.

ad