logo

ޝަމްއާން، ރައީސް އަށް ނިސްބަތްކޮށް މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް: މުންދު

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ދުވަސް ކުރިން

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި ދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން، ރައީސުލްޖުމްހޫރިއްޔާއަށް ނިސްބަތްކޮށް މިއަދު މީޑިޔާގައި އެދެއްކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށް ސަރުކާރުގެ ތަރުޖަމާން މުހައްމަދު ހުސެއިން ޝަރީފް މިހެން ވިދާޅުވެފައިވާއިރު، ޝައްމާން ސޯޝަލް މިޑިިއާގާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާރމިޓް އެޕްރޫވް ކުރުމަށް މިނިސްޓަރ އިހުސާން ހިންގަމުން ގެންދިޔަ ޖަރީމާ ރައީސްގެ ސަމާލު ކަމަށް 16 ޖެނުއަރީ 2025 ގައި ގެނަސްފައިވާ ކަމަށާއި، ކޮންމެ ކޯޓާ އަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 ޔޫ އެސް ޑޮލަރުގެ މަގުން މިކަން ކުރާ ވާހަކަ ރައީސް އަށް ދަންނަވާ އެކަމުގެ ހެކި ރައީސްއަށް ހުށަހެޅި ކަމަށެވެ. ޝައްމާން ފާހަގަ ކުރެއްވީ ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ، މިނިސްޓަރ އިހްސާން އާއި ދެކޮޅަށް ޝައްމާން ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި، އިހްސާން ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް ކަމެއް ނުކުރާނެ ކަމަށެވެ. އަދި ޔަގީންވެސް ކުރާނެ ކަމަށެވެ. ޝައްމާން ވިިދާޅުވީ އެބޭފުޅާއަށް އިވުނު ވާހަކައެއީ ހަގީގަތެއްނަމަ އެއީ ލޯޔަލް ވުމެއް ނޫން ކަމަށެވެ.

‏ޝައްމާން ވަނީ މިނިސްޓަރ އިހުސާންއަށް ބޮޑެތި ތުހުމަތުތައް ވެސް ކޮށްފައެވެ. އެގޮތުން ވިދާޅުވީ ދިވެހިރާއްޖޭގެ މައި ދޮރާށި (ބޯޑަރ ކޮންޓްރޯލް ސިސްޓަމް) މިނިސްޓަރ އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވަނީ ވިއްކާލާފަ ކަމަށާއި، މިކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އަދި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިންް ސީދާ ރައީސް މުއިއްޒު ގުޅި ކަމަށެވެ. އެމައްސަލައިގައި އެންމެ ފަހުން ގުޅިދުވަހު ’މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ ކަމަށް ވިދާޅުވި ކަމަށެވެ. އަދި ކޯފާ އިސްކުރައްވާ އިންޒާރު ދެއްވި ކަމަށް ވެސް ތުހުމަތު ވަނީ ކުރައްވާފައެވެ.

ޝައްމާން ތުހުމަތު ކުރާ ގޮތުގައި ބޯޑަރ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ މިނިސްޓަރ އިހުސާން އަދި އެޓަރނީ ޖެނެރަލް އުޝާމް އިސްވެތިބެ ހިންގާ ބޮޑު ޖަރީމާއެއް ކަމަށެވެ. މިކަމާއި ގުޅޭ ހެކި، ފުލުހުން އަތުގައި އަދިވެސް އެބައޮތް ކަމަށާއި، ފޯންގައި ހުންނާނެ ކަމަށެވެ. މި މަސައްކަތް ސިއްރިއްޔާތުގައި ހިނގަމުން ދާ ކަމަށް ވިދާޅުވިއެވެ.

ޝައްމާންގެ މައްޗަށް ކުރި ދައުވާގައި ދައުލަތުން ކުރި ތިން ދައުވާ ވެސް އޭނާ ގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ ކަނޑައަޅާފައެވެ. ޝަމްއާންގެ މައްޗަަށް ދައުލަތުން ދައުވާ ކުރީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިންގގެ ދައުވާއެވެ.

މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީއަކު ދޫކޮށްލައި އެމީހާގެ އަތުން ގިނަ އަދަދެއްގެ ފައިސާ ހޯދުމުގެ ތުހުމަތުގައި ޝަމްއާން މަގާމުން ވަކިކުރީ މިދިޔަ އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހުގެ ރޭ ކުއްލި ގޮތަކަށެވެ. އަދި ފުލުހުންގެ ކުރިއަށް ގެންދާ ތަހުގީގަކަށް ކޯޓު އަމުރެއްގެ ދަށުން ޝަމްއާން ހައްޔަރުކުރީ މިދިޔަ އަހަރުގެ މާޗް 21 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝައްމާނަށް ކުރާ ދައުވާތަކާ ގުޅިގެން ދިފާއުގައި އޭނާގެ މަންމައާއި ބައްޕަ އަދި އަންހެނުންވެސް ހެކިބަސް ދީފައިވެއެވެ.

ޝައްމާންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ތެރެެއިން އެއް ދައުވާއަކީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

ދެވަނަ ދައުވާއަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން އިއްވީ 2 އަހަރުގެ ޙުކުމެކެވެ.

ތިންވަނައަށް ކޮށްފައިވާ މަނީ ލޯންޑްރިންގެ ދައުވާއެވެ. މަނީ ލޯންޑަރިންގ ގެ ދައުވާގައި 15 އަހަރުގެ ޙުކުމެއް އިއްވައި، 5 ލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށްވެސް ވަނީ ޙުކުމްކޮށްފައެވެ.

މި ދައުވާތަކަށް ޝަމްއާން ވަނީ އިންކާރުކޮށްފައެވެ. ނަމަވެސް އޭނާ އަށް މި ދައުވާ ތައް ސާބިތުވެ 25 އަހަރަށް ޖަލަށް ލާން ވަނީ ހުކުމް ކޮށްފައެވެ.

ad