logo

"ބޮޑު ބަދަލު" ބަދަލެއް ނާދޭ މިހިރީ ގަދަކޮށް: ފައްޔާޒް

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
19 ގަޑިއިރު ކުރިން

ބޮޑު ބަދަލު" ވަޓްސްއަަޕް ގުރޫޕުން ނުކުންނެވި ކަމަށް ދެކެވޭ ވާހަކަތައް އެ ޕާޓީގެ ކުރީގެ ޗެއާޕާސަން އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވާ ފައްޔާޒް އިސްމާއިލް ދޮގު ކޮށްފިއެވެ.

"ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޮޑު ބަދަލު" ނަމުގައި ވަޓްސްއެޕްގައި ހަދާފައި އޮތް ގްރޫޕަކުން ފައްޔާޒް ނުކުންނެވި ކަމަށް ބުނެ ނޫސްތަކުން ހަބަރު ފެތުރަނީ މުޅިން ހަގީގަތައި އެއްގޮތް ވާހަކަތަކެއް ނޫން ކަމަށެވެ. އެ ނޫސްތަކުގައި ބުނެފައިވާ ގޮތުގައި، ފައްޔާޒް އެ ގްރޫޕުން ނުކުންނެވީ އޭނާ ބާކީކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޗެއާޕާސަން މުހައްމަދު ނަޝީދު ނެރުމަށް ގްރޫޕްގެ ބައެއް މެމްބަރުން ގޮވާލަން ފެށުމާ ގުޅިގެން އެކަމާ ހިތްހަމަނުޖެހިގެންނެވެ.

ނަމަވެސް ފައްޔާޒް ވިދާލުވީ އެބޭފުޅުން ފަށާފައިވާ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު ކަމަށެވެ.

އެގޮތުން ސަންއަށް މިޑިއާ އަށް އެބޭފުޅާގެ ނަންބަރުން އެނގޭނެ ކަމަށާއި، އަދި އެފަދަ ކަމެއްގައި ސުވާލު ކުރުމުން ޖަވާބުދޭނެކަނެ ކަމަށެވެ. އެހެންކަމުން ޚަބަރުގައި ނުޖަހާ ގުޅާލެއްވިނަމަ ވެސް މާ ރަނގަޅުވީސް ކަމަށެވެ. އެއީ ހަބަރަކަށް ވާވަރުގެ ކަމަކަށްވާނަމަ އެކަމުގައި އެއްޗެއް ދަންނަވާލަން ބޭނުން ކަމަށާއި، ބޮޑު ބަދަލު" ނަމުގައި ހަދާފައި އިން ވަޓްސްއެޕް ގްރޫޕަކުން މީގެ ތިން ހަފްތާކުރިން ނުކުތީ އެއީ ބޮޑު ބަދަލާ ގުޅޭ ރަސްމީ ގްރޫޕެއް ނޫން ކަމަށްވާތީ ކަމަށެވެ. ބޮޑު ބަދަލު މެނިފެސްޓޯއަށް ތާއިދުކުރައްވާ އަދި އުންމީދުގައި ތިއްބެވި އެމްޑީޕީގެ މެންބަރުންނާއި އާންމު ދިވެހި ރައްޔިތުންނަށްދޭ ޔަގީން ކަމަކީ މާތް اللهގެ އިރާދުފުޅާއެކު ރައީސް ނަޝީދާއި އެކު ދެ ޓީމުގެ މަސައްކަތް ނިންމާލާނީ މި ރާއްޖެއަށް ގެންނަން ކޮންމެހެން ޖެހިފައިވާ ބޮޑު ބަދަލު ގެނައުމަށްފަހު ކަމަށެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ނަޝީދު ނެރެން ގޮވާލައި އަޑުތަކެއް ވަނީ ގަދަވެފައެވެ.

ad