ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ގާއިމުކުރުމަށް ސަރުކާރުން މަސައްކަތް ފަށައިފިއެވެ.
މިއީ އާންމުންނަށް ފޮތްތަކާއި މައުލޫމާތު ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.
މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި ކުތުބުޚާނާގެ ޚިދުމަތް ފުޅާކުރުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ. އަދި ދިރިއުޅޭ ރަށަށް ބެލުމެއްނެތި ކޮންމެ ރައްޔިތަކަށްވެސް މި ޚިދުމަތް ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ގައުމީ ކުތުބުޚާނާގެ ގޮފިތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމުގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އެގޮތުން އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި މިހާރުވެސް ވަނީ ކުތުބުޚާނާ އިމާރާތް ކުރުމުގެ މަސައްކަތް ފަށާފައެވެ.
ގައުމީ ކުތުބުޚާނާގެ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝިހާމް ވިދާޅުވީ، 100 އަށްވުރެ ގިނަ ފަރާތްތަކާ މަޝްވަރާކުރުމަށްފަހު ކުތުބުޚާނާގެ ޚިދުމަތް ތަރައްގީކުރުމުގެ ގައުމީ އޮނިގަނޑެއް އެކުލަވާލާފައިވާ ކަމަށެވެ.
ރަށްރަށުގެ އާބާދީއާއި ބޭނުންތަކަށް ރިއާޔަތްކޮށް އެކި ފަންތީގެ ކުތުބުޚާނާ މޮޑެލްތަކެއް ވަނީ ފަރުމާކޮށްފައެވެ. މީގެ އިތުރުން، ގައުމީ ކުތުބުޚާނާގެ 81 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން "އޮންލައިން ޑިޖިޓަލް ރިޕޯޓް ކަލެކްޝަން" އެއްވެސް ވަނީ އިފްތިތާހުކޮށްފައެވެ. މިއީ ސަރުކާރުގެ އިދާރާތަކާއި ޖަމިއްޔާ ޖަމާއަތްތަކުން ނެރޭ ރިޕޯޓުތައް އެއްތަނަކުން ފަސޭހައިން ބަލާލެވޭނެ ޑިޖިޓަލް ޕްލެޓްފޯމެކެވެ.
ގައުމީ ކުތުބުހާނާގެ ގޮފިތަކެއް އަތޮޅުތަކުގައި ގާއިމްކުރުމުގެ މަޝްރޫއުގެ ދަށުން ކުތުބުހާނާ ގާއިމްކުރުމަށް ތައްޔާރުވަމުންދާ ކަމަށް ފަންނާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު ހީނާ ވަލީދު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެގޮތުން ގައުމީ ކުތުބުހާނާގެ ގޮފިތަކެއް އަތޮޅުތަކުގައި ގާއިމްކުރުމުގެ މަޝްރޫއުގެ ތެރެއިން ހަ ރަށެއްގައި މިހާރު ކުތުބުޙާނާ ގާއިމްކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ. ވަޒީރު ހީނާ ވިދާޅުވީ،"ފުވައްމުލައް އަދި އައްޑޫ ސިޓީގައި ޤައުމީ ކުތުބުހާނާގެ ގޮފި ގާއިމްކުރުމަށްޓަކައި މިހާރު އިމާރާތް ކުރުމަށްޓަކައި ބިންގާ އެޅި ކުރިއަށްއެބަދާ ކަމަށެވެ.
އަދި 2026 ވަނަ އަހަރު ގާއިމްކުރާ ލައިބްރަރީތަކުގެ، ރަށްރަށުގަ ހުރި އިމާރާތްތައް ބަދަލުކޮށްގެން ލައިބްރަރީތައް ގާއިމްކުރެވިދާނެ ތަންތަން ބަލައި، އިމާރާތް އެންމެ އަވަހަށް ކުރިއަށްގެންދެވިދާ ރަށްތައް ފާހަގަކޮށްފައިވާ ކަމަސެވެ. އަދި އެ ރަށްރަށަށް ގޮސް ތަނުގެ ހާލަތު ބަލައި، ކުރަން ހުރި ކަންކަން ކުރުމަށްޓަކައި މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
މިރަށްތަކަކީ ހއ. އިހަވަންދޫ، ހއ. ކެލާ، ނ. ކެނދުކުޅުދޫ، އދ. މަންދޫ، ރ. މީދޫ އާއި ދ. މީދޫ އަދި ތ. ބުރުނީއެވެ.
މީގެ އިތުރުން ވަޒީރު ފާހަގަ ކުރެއްވީ ޒަމާނީ ލައިބްރަރީތައް ގާއިމްކުރުމަށް ކުރެވޭ މަސައްކަތުގެ ތެރޭގައި ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި ގައުމީ ކުތުބުހާނާގެ ގޮތްޕެއް އިމާރާތްކުރުމަށްޓަކައި ބިންގާ އަޅާ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި މީގެއިތުރުން ވެސް ލައިބްރަރީތައް ގާއިމްކުރުމަށް ހަމަޖެހިފައިވާ ރަށްރަށުގައި، ލައިބްރަރީ ގާއިމްކުރެވޭނެ ތަންތަން ބަލަމުންދާކަމަށްވަޒީރު ވިދާޅުވިއެވެ.

.jpg&w=256&q=75)
