logo

އެމް އެންޑޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކް ފަސްޓްލެފަޓިނެންޓް ޙަސަން ޒިހާން ދައުލަތުގެ މުހިއްމު މުއައްސަސާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ވާހަކަ ދައްކައިފި

މަރްޔަމް
ދުވަހެއް ކުރިން
ހަސަން ޒިހާން

ހަސަން ޒިހާން

އެމް އެންޑޑީއެފްގެ ކުރީގެ ނޭވަލް އާކިޓެކް ފަސްޓްލެފަޓިނެންޓް ޙަސަން ޒިހާން ސުޕްރީމް ކޯޓާއި ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި ހުޅުޖެހުމަށް ގޮވާލާ ހިތްވަރު ދީފިއެވެ.

ޙަސަން ޒިހާން ދައުލަތުގެ މުހިއްމު މުއައްސަސާތަކެއްގައި ހުޅުޖެހުމަށް ހިތްވަރުދީ ވާހަކަ ދައްކާފައިވަނީ އޭނާގެ ފޭސްބުކް އެކައުންޓްގައި ޖެހި ސްޓޭޓަސް އެއްގައެވެ.

މިމައްސަލަޔާއި ގުޅިގެން ފުލުހުން ބުނަނީ އޭނާ ކުރި ކޮމެންޓްގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެކަމާގުޅިގެން ބަލަން ޖެހޭ ކަންކަން މިހާރު ފުލުުހުން ބަލަމުން ދާ ކަމަށެވެ.

މިއީ ޓެރެރިޒަމް މަނާ ކުރުމުގެ ޤާނޫނު( ޤާނޫނު ނަންބަރު 32/2015)ގެ ދަށުން ޖިނާއީ ބޮޑު ކުށެކެވެ.

ޙަސަން ޒިހާން އަކީ މީގެ ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ.

ad