logo

މެލޭޝިއާއިން އައި ދިވެއްސެއްގެ އަތުން 3.2 ކިލޯގެ ހެރޮއިން އަތުލައިގެންފި

ދިޔާމާ އިބްރާހިމް
10 ގަޑިއިރު ކުރިން

ވައިގެމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯ (3200 ގްރާމް) ގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނެފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ މި މަހުގެ އަށްވަނަ ދުވަހު މެލޭޝިއާއިން ރާއްޖެ އައި 32 އަހަރުގެ ދިވެހި ފިރިހެނެއްގެ އަތުން ކަމަށެވެ.

View post on Twitter

އެ އިދާރާއިން ހާމަކުރި ގޮތުގައި، މި ތަކެތި ފެނިފައިވަނީ އެ ފަސިންޖަރުގެ ލަގެޖުގައި މަސްތުވާތަކެތި ރައްކާކޮށްގެން ގެނެސްފައިވާ ކަމަށް ޝައްކުކުރެވިގެން، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާގެ ލަގެޖް ބަލައިފާސްކުރުމުގެ ތެރޭގައެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި، އެތަކެތި އެތެރެކުރަން އުޅުނު މީހާ މިހާރު ވަނީ އިތުރު ތަހުގީގަށް ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައި ކަމަށް އެ އިދާރާއިން މަޢޫލުމާތު ދެއެވެ.

ad