logo

އާރްޑީސީން ކުރިއަށްގެންދިޔަ ހުރިހާ މަޝްރޫއަކާ އެމްޓީސީސީން ހަވާލުވެއްޖެ

ދިޔާމާ އިބްރާހިމް
2 ގަޑިއިރު ކުރިން

ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ކުރިއަށްގެންދިޔަ ހުރިހާ މަޝްރޫއުތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ން ހަވާލުވެއްޖެއެވެ.

މިކަމާ ގުޅިގެން އެމްޓީސީސީން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ ، ސަރުކާރުން އެމްޓީސީސީ ދަށަށް އާރްޑީސީ ގެނައުމަށް ނިންމާފައިވުމާއެކު، އެ ކުންފުނީގެ މަސައްކަތް މިހާރު ކުރިޔަށް ގެންދާނީ އެމްޓީސީން ކަމަށެވެ.

View post on Twitter

އެހެން ކަމުން، މި ބަދަލާއެކު އާރްޑީސީގެ ހުރިހާ މަޝްރޫޢެއް ކުރިޔަށް ގެންދާނީ އެމްޓީސީސީން ކަމަށާއި، އެ މަޝްރޫޢުތަކުގެ ހުރިހާ ޒިންމާއެއް ނަގާނީ އެމްޓީސީސީން ކަމަށެވެ.

އާރްޑީސީ ސަރުކާރުން އުވާލަން ނިންމާފައިވާއިރު، އެ ކުންފުނީގެ މުވައްޒަފުން ބަދަލުކުރުމުގެ މަސައްކަތް ވެސް މިހާރު ފަށާފައިވެއެވެ.

ad