ފޭސް 2، ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެ އަނދައި ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ހީނާމާ ހިނގުމުގައި ޕާކުކޮށްފައި އޮތް ކާރެއްގައި އަލިފާން ރޯވެފައިވާކަމުގެ މައުލޫމާތު 2026 ނޮވެމްބަރ 26 ވަނަ ދުވަހުގެ ދަންވަރު 02:15 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި ހާދިސާގެ މައުލޫމާތު ލިބުމާއެކު، ފުލުހުންނާއި އެމް.އެން.ޑީ.އެފް ފަޔަރ އެންޑް ރެސްކިއު ސަރވިސް އިން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވެފައި ކަމަށާއި، އެގޮތުން ކުރި މަސައްކަތުން، ދަންވަރު 02:26 ހާއިރު ކާރުގައި ރޯވެފައިވާ އަލިފާންގަނޑު ވަނީ އެއްކޮށް ނިއްވާލާފައި ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި ހާދިސާގައި އަލިފާން ރޯވި ކާރު ވަނީ އިތުރަށް ބޭނުން ނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ވެފައި ކަމަށާއި، މީގެ އިތުރުން، އެ ސަރަހައްދުގައި ޕާކުކޮށްފައި އޮތް އިތުރު ދެ ކާރަކަށްވެސް ވަނީ ގެއްލުން ވެފަ ކަމަށެވެ.

