-
-
logo

ލަކްޝަދީބުގައި ދިވެހިބަސް ކިޔަވައިދިނުން މަނާ ކުރުމުން މަލިކު މީހުން މުޒާހަރާކޮށްފި

އާޝިޔާ ޞާލިޙް
3 މަސް ކުރިން
ލަކްޝަދީބުގައި ދިވެހިބަސް ކިޔަވައިދިނުން މަނާ ކުރުމުން މަލިކު މީހުން މުޒާހަރާކޮށްފި

އިންޑިއާގެ ލަކްޝަދީބުގައި ދިވެހިބަސް ކިޔަވައިދިނުން މަނާ ކުރުމުން މަލިކު މީހުން މިދިޔަ އާދިއްތަ ދުވަހު މުޒާހަރާކޮށްފިއެވެ.

މުޒާހަރާގެ ބައިވެރިއަކު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ލަކްޝަދީބުގެ ރަސްމީ އިދާރާ އިން މަލިކުގައި، އެ މީހުންގެ މާދަރީ ބަސް ކަމަށްވާ ދިވެހިބަސް ކިޔަވައިދިނުން ސްކޫލްތަކުގައި މަނާކޮށްފައިވާ ކަމަށެވެ. އަދި އެ މީހުން އެކަމާ މަޑުން ނުތިބޭނެ ކަމަށް އޭނާ ވަނީ ބުނެފައެވެ. އި އެ މީހުންނަކީ ކޮން ބައެއްކަން ރަމްޒުކޮށްދެނީ އެ މީހުންގެ މާދަރީ ބަހުން ކަމަށާއި އެކަން މަނާ ނުކުރެވޭނެ ކަމަށެް އޭނާގެ ޕޯސްޓުގައި ބުންޏެވެ.

އެކަމާ ގުޅިގެން ކުރި މުޒާހަރާގައި މަލިކުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ވަނީ ބައިވެރިވެފަ އެވެ.

ލަކްޝަދީބުގެ އެޑްމިނިސްޓްރޭޝަނުން މެއި 14 ވަނަ ދުވަހު ސްކޫލްތަކަށް ފޮނުވި އެންގުމެއްގައި ބުނެފައިވަނީ، މަލިޔާލަމް ބަހުން ކިޔަވައިދޭ ސްކޫލްތަކުގައި، މަލިޔާލަމް ބަހާއި އިނގިރޭސި ބަހާއި ހިންދީ ބަސް ކިޔަވައިދޭން ޖެހޭނެ ކަމަށެވެ. އަދި އިނގިރޭސި މީޑިއަމް ސްކޫލްތަކުގައި އިނގިރޭސި ބަހާއި މަލިޔާލަމް ބަހާއި ހިންދީ ބަސް ކިޔަވައިދޭން ޖެހޭނެ ކަމަށް ވެސް އަންގާފައިވެއެވެ.

އިންޑިއާގައި ގާނޫނު ހަދާ މަޖިލީހުގައި އެ ސަރަހައްދު ތަމްސީލުކުރައްވާ މެންބަރު ހަމަދުﷲ ސައީދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އެ އެންގުން އެންގީވެސް ސްކޫލްތައް ހޫނު މޫސުމަށް ބަންދުކޮށްފައި ވަނިކޮށް، ކަމާ ބެހޭ ފަރާތްތަކާ އެއްވެސް ވަރަކަށް މަޝްވަރާވެސް ނުކޮށް ކަމަށެވެެ. އަދި އޭގެ ސަބަބުން ދަރިވަރުންނަށް އެ ކުދިންގެ މާދަރީ ބަސް ގެއްލުމުގެ ފުރުސަތު އެބައޮތްކަމަށާއި އެއީ ސުޕްރީމް ކޯޓުގެ އެންގުންތަކާވެސް ހިލާފު ކަމެެއް ކަމަށެވެ. އޭނާ ވަނީ އެ ނިންމުން އަނބުރާ ގެނދިޔުމަށް ގޮވާލައްވާފައެވެ.

ad