logo

ދިވެހިޗެނަލަށް 5 އަހަރު - ޝަހޫގެ އުއްމީދަކީ ނޫސްވެރިކަމުގެ ދައިރާއިން މުޖުތަމައުއަށް ހެޔޮބަދަލެއް ގެނައުން

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 މަސް ކުރިން
ދިވެހި ޗެނަލްގެ ވީޑިއޯ ޖާނަލިސްޓް ޝަހްޒާ މުހައްމަދު

ދިވެހި ޗެނަލްގެ ވީޑިއޯ ޖާނަލިސްޓް ޝަހްޒާ މުހައްމަދު

ދިވެހި ޗެނަލްގެ ވީޑިއޯ ޖާނަލިސްޓް ޝަހްޒާ މުހައްމަދުދިވެހި ނޫސްވެރިކަމުގެ ދާއިރާގައި ޝަހުޒާ މުޙައްމަދު (ޝަހޫ) ގެ ނަން އަންނަނީ ފެވެމުންނެވެ. ޝަހޫގެ ނޫސްވެރިކަމުގެ ދަތުރު ފެށުނީ ސްކޫލް ދައުރުން ފެށިގެންނެވެ. ޅަ އުމުރުން ފެށިގެން ނޫސްވެރިކަމަށް ޝައުޤުވެރިކަން ހުރި ޝަހޫ، މިދާއިރާގައި ކުރިއަރައި ދިއުމަށް އޭނާ ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުން ކަމަށް ޝަހޫ ވަނީ ބުނެފައެވެ.

‎2004އިން 2009 އަށް ޝަހޫ ވަނީ ނޫސްވެރިން ތަމްރީނު ކުރުމުގެ މަސައްކަތަށް އެހީތެރިވެ، ޕްރެސް ފްރީޑަމްގެ މަސައްކަތުގައ ގިނަދުވަހު އުޅެފައެވެ. އެ މުއްދަތުގައި އޭނާ ވަނީ ނޫސްވެރިކަމުގެ ދާއިރާގައި ގިނަ ތަޖުރިބާތަކެއް ހޯދައި، ދިވެހި ނޫސްވެރިކަމުގެ މިނިވަންކަމަށް އައި އިންގިލާބީ ބަދަލު ގާތުން ތަޖުރިބާކުރުމުގެ ނަސީބުވެސް ލިބިގަނެފައެވެ.

ނޫސްވެރިކަމުގެ ކަންކަމުގައި އޭރު މަސައްކަތް ކުރެވުނު ނަމަވެސް އޭގެ ފަހުން 2013 އާ ހަމައިން ޝަހޫ އެންމެ ބޮޑަށް ފާހަގަ ކުރެވުނީ، މުޖުތަމައުގަހުރި އިޖްތިމާއީ މައްސަލަތަކަށް ހައްލު ހޯދަން ނުކުތް މިހެއްގެ ގޮތުގައެވެ. އެގޮތުން އެފަދަ މައްސަލަތަކަށް ހިޔާލީ ރީތި ކުރުވާހަކަ ލިޔަންފެށިއެވެ. އެކި އަހަރުތަކުގެ މަތިން އެކި އޮންލައިން ޕްލެޓްފޯމްތަކުގައި އޭނާ ވަނީ 60 އަށް ވުރެ ގިނަ ވާހަކަ ލިޔެ ޝާއިއުކޮށްފައެވެ. އަދި އޭނާ ވަނީ އެދާއިރާއިން ވަނަތައްވެސް ހާސިލްކޮށްފައެވެ. ‎2018ވަނަ އަހަރު ޗެނެލްނިއުސް މޯލްޑިވްސް (ސީއެންއެމް) ޓީވީ ފެށުނު އިރު، ޝަހޫ ވަނީ އެ ޓީވީގައި މަސައްކަތް ކޮށްފައެވެ. އަދި އޮންލައިން ޕްލެޓްފޯމްތަކުގައިވެސް މަސައްކަތްކުރަމުންދިޔަ ޝަހޫ 2022 ގައި އަވަސް އޮންލައިންގައި ނޫސްވެރިއެއްގެ ގޮތުގައި މަސައްކަތް ކޮށް އޭރު ގިނަ ފީޗަރ ލިޔުންތަކެއް ލިޔެފައިވެއެވެ. 2023 ގައި މިނިވަން ނޫހުގައި އިންޗާޖެއްގެ ގޮތުގައި ޝަހޫ ވަނީ މަސައްކަތްކޮށްފައެވެ. ޝަހޫ 2024 ގައި ދައުލަތުގެ މީޑިއާ ޕީއެސްއެމްގައިވެސް މަސައްކަތްކޮށްފައިވެއެވެ. އޭގެ ފަހުން މިހާރު ޝަހޫ މަސައްކަތް ކުރަމުންދަނީ ދިވެހިޗެނަލުގައެވެ.

undefined

ނޫސްވެރިކަމުގެ ދާއިރާއިން އޭނާ ވަނީ ގިނަ ތަމްރީނު ޕްރޮގްރާމްތަކެއް ފުރިހަމަ ކޮށްފައެވެ. އޭގެ ތެރޭގައި ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވާ ތަމްރީނުތައްވެސް ހިމެނޭ ކަމަށް ޝަހޫ ބުނެވެ. އަދި މިހާރު ޝަހޫ ދަނީ މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ދާއިރާއިން ޑިގްރީއަށް ކިޔަވަމުން ކަމަށާއި، ޝަހޫގެ ހުވަފެނަކީ އޭނާ ޝައުޤުވެރިވާ ދާއިރާއިން އަމިއްލަ ޝޯއެއް ގެނެސް، މުޖުތަމަޢުއަށް ހެޔޮ ބަދަލެއް ގެނައުމަށް މަސައްކަތްކުރުންކަމަށްވެސް ޝަހޫ ބުންޏެވެ.

‎މިހާރު ޝަހޫގެ ޝައުޤުވެރިކަން ބޮޑަށް ހުރީ އިޖުތިމާޢީ ދާއިރާއަށެވެ. ވަކިން ހާއްސަކޮށް ނަފްސާނީ ދުޅަހެޔޮ ކަމުގެ ދާއިރާއަށެވެ. އެހެންކަމުން ޝަހޫގެ ރިޕޯޓްތަކުގައިވެސް ބޮޑަށް އަމާޒު ހިފާފައިވަނީ އިޖްތިމާއީ ގުޅުންތަކާއި ބޮޑެތި އިޖްތިމާއީ މައްސަލަ ތަކުގެ މައްޗަށެވެ. އަދި އެ ދާއިރާއިން އޭނާ ދަނީ އުނގެނި ތަޖުރިބާ ހޯދަމުންނެވެ.

މިހާރު ޝަހޫ ދިވެހިޗެނެލަލުގައި ކުރާ މަސައްކަތުގެ ތެރޭގައި ޚަބަރު ހުށަހެޅުމާއި ޚަބަރު ތައްޔާރުކުމުގެ އިތުރުން ޑިއުޓީ ޓޭބަލާއެއްގޮތަށް ޚަބަރު ބުލެޓިން ހެދުމަކީ ކޮންމެ ދުވަހެއްގެވެސް ޝަހޫގެ ޝެޑިއުލްގެ ތެރޭގައި ހިމެނޭ ކަންތައްތަކެވެ. އޭގެ އިތުރުން ޝަހޫ އަކީ ޕްރޮގްރާމް ޕްރޮޑިއުސަރެއްގެ އިތުރުން ޕްރްގްރާމް ހުށަހަޅާ ޕްރެޒެންޓަރެއްވެސް މެއެވެ. އަދި ދިވެހި ޗެނަލުން ގެނެސްދޭ ހަވާސާ ޕްރޮގްރާމާއި ފެންނަމަންޒަރު ޕްްރްގްރާމާއި ރަތްވިލާ ޕްރްގްރާމާއި ލައިވް ކަވަރޭޖްތައް ހުށައެޅުމުގައި ޢޭނާގެ މޮޅު ޕްރެޒެންޓިން ހުނަރު އަންނަނީ ދައްކުވައިދެމުންނެވެ.

ad