ފުލުހުންގެ ހާއްސަ ތަމްރީނުތަކެއް މިއަދު މުޅި ރާއްޖޭގައި ފަށައިފިއެވެ.
މި ތަމްރީނުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިއަދު ހެނދުނު 08:00 އިން ހަވީރު 16:00 އަށެވެ. އެ ވަގުތުތަކުގައި މަގުމަތީގައި ފުލުހުންނާއި ފުލުހުންގެ ވެހިކަލްތަކުގެ ހަރަކާތްތައް އިތުރުވެ، ސަލާމަތީ ކަންކަމާ ގުޅޭ އެކި ތަމްރީނުތައް ކުރިއަށްދާނެ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެފަދަ ތަމްރީނުތައް ކުރިއަށްދާއިރު އާންމުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.


