logo

ބްރައިޓް މައިންޑްސްގެ ވެރިޔާ ތިން އަހަރު ވަންދެން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު

އާމިނަތު މޫސާ
12 ގަޑިއިރު ކުރިން

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ޓިއުޝަންގެ ހިދުމަތް ދޭ "ބްރައިޓް މައިޑްސް"ގެ ވެރިޔާ އަލީ އަފްލާހު ތިން އަހަރު ވަންދެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނެފިއެވެ.

އިތުބާރުކުރެވޭ މަގާމެއްގައި ހުރެ އެކިދުވަސްމަތިން ކުޑަކުއްޖަކަށް ޖިންސީގޯނާ ކުރިކަމުގެ ތުހުމަތުގައި ހމ. ޚައިރާތު / މާލެ، ޢަލީ އަފްލަޙު 27 އަހަރު ހައްޔަރު ކޮށްފައިވާކަން ފުލުހުން މިއަދު ވަނީ ބުނެފައެވެ.

ފުލުހުން ބުނީ، އަފްލާހުގެ މައްޗަށް ތުހުމަތު ކުރެވެނީ އިތުބާރުކުރެވޭ މަގާމެއްގައި ހުރެ، ކުޑަކުއްޖެއްގެ އުމުރުން 14 އަހަރުން ފެށިގެން 16 އަހަރާ ދެމެދު ތަކުރާރުކޮށް އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ މައްސަލަ ކަމަށެވެ.

އަފްލަޙު ހައްޔަރުކޮށްފައިވަނީ 2026 ފެބްރުއަރީ 11 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 30 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައި ކަމަށް ވެސް ފުލުހުން ބުންޏެވެ.

ad