logo

ފޯކައިދޫގައި އަލަށް ޢިމާރާތް ކުރި މިސްކިތް ހުޅުވައިފި

އާމިނަތު މޫސާ
ދުވަހެއް ކުރިން

ށ. ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިފި އެވެ.

މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައި ދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރު ޢަބްދުލްއަޒީޒް ޖަމާލް އަބޫބަކުރާއި އަލްމަރްހޫމް ހުސައިން ވަޙީދުގެ ދަރިކަލުން އަހްމަދު ނަވީން ހުސައިން އެވެ.

މި މިސްކިތަކީ އަލްމަރުހޫމް ޙުސައިން ވަހީދު (ފޯކައިދޫ ވަހީދު) ގެ ޚަރަދުގައި ބިނާކޮށްފައިވާ މިސްކިތެކެވެ. ހުސައިން އަވަހާރަވީ ފޯކައިދޫ ދާއިރާގެ މަޖިލީސް މެންބަރު ކަަމުގައި ހުންނަވަނިކޮށް ކެންސަރުގެ އާލާސްކަންފުޅުގަ އެވެ.

400 މީހުންނަށް ނަމާދު ކުރެވޭ މި މިސްކިތުގެ ނަމަކީ މަސްޖިދުލް ނޫރު އެވެ. މިސްކިތް ހުޅުވުމަށްފަހު މިއަދު ހުކުރު ޚުޠުބާ ދެއްވީ ފޯކައިދޫއަށް ނިސްބަތްވާ ދީނީ އިލްމުވެރިޔާ ޝެއިޚް އަޙްމަދު ސަމީރެވެ.

ށ. ފޯކައިދޫގައި އަލަށް ޢިމާރާތް ކުރެވުނު މިސްކިތް ރަސްމީކޮށް ހުޅުވައިދެއްވައިފި. މިއަދު ހުކުރު ނަމާދުގެ ކުރިން ބޭއްވުނު ރަސްމިއްޔާތެއްގައި މިސްކިތް ހުޅުވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު ޢަބްދުލް ޢަޒީޒް ޖަމާލް އަބޫބަކުރު. މިމިސްކިތަކީ އަލްމަރުހޫމް ޙުސައިން ވަހީދު (ފޯކައިދޫ ވަހީދު) ގެ ޚަރަދުގައި ބިނާކޮށްފައިވާ މިސްކިތެކެވެ.

ad