logo

ވެމްކޯގެ މުވައްޒަފުން މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަހްގީގެއް ފަށަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަހްގީގެއް ފަށަން މަޝްވަރާ ކޮށްފިއެވެ.

ހިޔުމަން ރައިޓްސް ކޮމިޝަން (އިސީ) އިން ވެމްކޯގެ މަސައްކަތު މާހައުލުގެ ރައްކާތެރިކަމާގުޅޭ ތަފާތު މައްސަލަތައް ތަކުރާރުކޮށް ދިމާވަމުންދާތީ، ވެމްކޯގެ މުވައްޒަފުންގެ މަސައްކަތު މާޙައުލުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން، އަވަސް ތަހުގީގެއް ހިންގަން ރޭ ބޭއްވި ހިޔުމަން ރައިޓްސް ކޮމިޝަނުގެ ބައްދަލުވުމަކުން ވަނީ ނިންމާފައެވެ.

މިފަދަ ތަހްގީގެއް ކުރުމަށް އެޗްއާރުސިއެމް އިން ނިންމާފައިވާއިރު މި ފަހުން މަސައްކަތުގެ މާހައުލުގައި އުޅޭިއރު ވެމެކޯގެ މުވައްޒަފުނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ. އަދި މިކަން ހިގަމުންދަނީ ކިހިނެއްކަމެއް އެއްވެސް އިދާރައަކަށް ވަނީ ސާފްވާ ގޮތެއް ނުވެފައެވެ. މިގޮތުން މިފަހުން ހިގާފައިވާ ކަންތައްތަކަށް ބަލާއިރު ވެސް ވެމްކޯގެ މާލޭ ސައިޓެއްގައި މިދިޔަ އާދީއްތަ ދުވަހުގެ ރޭ ހިނގި ހާދިސާއެއްގައި މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ވެފައިވެއެވެ އަދި އޭނާ އަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ތަން ފެންނަ ވީޑިއޯ އައި ފޮޓޯ ދަނީ ދައުރު ވަމުންނެވެ.

މި މައްސަލައައި ގުޅިގެން ފުލުހުން ބުނީ އެ ހާދިސާގައި އަނިޔާވި މީހާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދީފައިވާ ކަމަށެވެ. މައުލޫމާތު ލިބޭ ގޮތުގައި އެ މީހާ ވެއްޓުނީ 12 ނުވަތަ 13 ފޫޓު މަތިން ކޮންޓެއިނަރެއްގެ ތެރެއަށެވެ. މި ހާދިސާގައި އޭނާގެ މޭކަށިގަނޑުގެ ތިން ތަނަކުން ބިނދިފައިވާ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ވެމްކޯގެ މާހައުލުގައި އަދިވެސް ވަނީ ވަރަށް ބޮޑެތި ހާދިސާތައް ހިގާފައެވެ. މިދިޔަ ޖަނަވަރީ މަހު ތިލަފުށީ ސައިޓެއްގައި އެކްސްކަވޭޓަރަކުން ޖެހި ބިދޭސީ މުވައްޒަފަކު މަރުވެފައިިވެއެވެ.

މިފަދަ އެހެން ހާދިސާތައްވެސް އަދިވެސް ހިނގާފައެވެ.

ad