600 ފަތުރުވެރިންނާއެކު "އަޒަމަރާ ޕާސުއިޓް ކްރޫޒް ޝިޕް" ރާއްޖެ އަތުވެއްޖެއެވެ.
މި ކުރޫޒްޝިޕްގެ ދަތުރުތަކްގެ މަންޒިލަތަކަށް ބަލާއިރު ރާއްޖެއިން ފުރައިގެން ދިއުމަށް ހަމެޖެހިފައިވަނީ ލަންކާގެ ވެރިރަށް ކޮލަމްބޯއަށެވެ. އެއަށްފަހު ހަމްބަންތޮޓާ އަށެވެ.
ކޮވިޑަށް ފަހު ކްރޫޒްޝިޕްތައް ރާއްޖެ އަށް ޒިޔާރަތްކުރުން މަދުވެފައިވާއިރު މިހާރު އަނެއްކާވެސް ކުރޫޒް ޝިޕްތައް ދަނީ ގިނަވަމުންނެވެ. ރާއްޖޭގެ 3 ސަރަހައްދެއްގައި ކުރޫޒު ލައިނާތަކަށް ހާއްސަ ބަނދަރުތަކެއް ތަރައްގީ ކުރަން ނިންމައިފައެވެ.
އަސި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް (މާޔާ) ގެ އެދުމުގެ މަތިން ރެގިއުލޭޓަރީ ބަދަލުތައް ގެނައުމަށް ފަހު އަހަރުގެ ކުރީކޮޅު 4 ކުރޫޒު ޝިޕެއް ވަނީ ބަނދަރުކުރު ކޮށްފައެވެ.
ދެހާހަށްވުރެއް ގިނަ ފަތުރުވެރިންތިބި އިޓަލީގެ ކުރޫޒްލައިނާއެއް ރާއްޖެއަށް މިދިޔައަހަރު ޑިސެމްބަރު 8 އެއްގައި އައިސްފައިވެއެވެ. އެއީ 2139 ފަތުރުވެރިނާ އެކުގައެވެ. މިދިޔަ މަހުގެ 30 ގައިވެސް ސީޝެލްސްއިން ދެ ކްރޫޒު ޝިޕެއް ރާއްޖެ އައިސްފައެވެ. އެ ދެ ޝިޕްގައި 3000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ.
މިދިޔަ އަހަރާއި މި އަހަރުގެ ކުރީކޮޅަށް 600އަށް ވުރެ ގިނަ ފަތުރުވެރިން ކުރޫޒް ލައިނާތަކުގައި ރާއްޖެއަށް އައިސްފައިވާއިރު "އަޒަމަރާ ޕާސުއިޓް ކްރޫޒް ޝިޕް" 600 ފަތުރުވެރިންނާއި އެކު މިހާރު އޮތީ ރާއްޖޭގެ ބަނދަރުގައެވެ.

