logo

ހަނގުރާމައިގެ ސަބަބުން ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތް: ވަޒީރު ސައީދު

އާމިނަތު މޫސާ
11 ގަޑިއިރު ކުރިން

މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ބޭނުންވާ ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސައީދު ވިދާޅުވީ، ހަނގުރާމައިގެ ދަނޑިވަޅުގައި، އިންޑޮނޭޝިއާ އާއި މެލޭޝިއާ އާއި އޮމާން ފަދަ ގައުމުތަކުން ކުރިން ނުގެންނަ ވަރަށް ބައެއް މުދާ، އަމިއްލަ ވިޔަފާރިތަކުން ގެންނަ ކަމަށެވެ. އަދި ކާބޯތަކެއްޗާއި އެކި ވައްތަރުގެ މުދާ ޗައިނާއިން ފަސޭހަކަމާއެކު ލިބޭ ކަމަށާއި، ބޭނުން ވަގުތެއްގައި މުދާ ލިބޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އެބައޮތް ކަމަށް ވަޒީރު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ، ހަނގުރާމައިގެ ކުރީންވެސް އާ މާކެޓުތައް ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. ޗައިނާ އާއި ރާއްޖެއާ ދެމެދު ހަދާފައިވާ ފްރީ ޓްރޭޑް އެއްބަސްވުމުގެ ސަބަބުން އެގައުމާ ދެމެދުވެސް ވަރުގަދަ ގުޅުމެއް ގާއިމުކުރެވިފައިވާ ކަމަށެވެ.

އޭގެއިތުރުން މީގެކުރިން ރާއްޖޭން އެކުގައި މަސައްކަތް ނުކުރާ ބައެއް މާކެޓްތަކާއެކު މަސައްކަތްކުރަމުން އަންނަކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. އެގޮތުން އެފްރިކާގެ ބައެއް ގައުމުތަކާއެކު މަސައްކަތް ފަށާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.

ވަޒީރު ވިދާޅުވީ، އެ ހާލަތުގައި ވެސް އާމްދަނީ ހޯދުމަށް އިގުތިޞާދު ސިންދަފާތުކުރުމަށް އިސްކަންދޭ ކަމަށެވެ. އެގޮތުން ނ. އަތޮޅުގައި ކުރިއަށް ގެންދާ ސަސްޓެއިނެބަލް ޓައުންޝިޕްގެ މަސައްކަތް ފަށައި، އެ މަޝްރޫއަށް ބޭނުންވާ ސަރަހައްދު އެއްކޮށް ހިއްކައިފައިވާ ކަމަށް ވިދާޅުވިއެވެ.

ad