logo

ފައްޔާޒު ވެރިކަމަށް ގެންނަން ރައީސް ނަޝީދު ތާއީދުކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
9 ގަޑިއިރު ކުރިން

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވެރިކަމަށް ގެންނަން ތާއީދުކުރަން ނިންމައިފި އެވެ.

މިކަން ރައީސް ނަޝީދު އިއުލާންކުރެއްވީ 'ބޮޑު ބަދަލު'ގެ ނަމުގައި މިއަދު ހަވީރު 4:00 ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. ރައީސް ނަޝީދު ވިދާޅުވީ މި ބަދަލު، މި ބޮޑު ބަދަލު ގެނައުމުގައި ފައްޔާޒު އިސްމާއިލް އެއީ ސަރުކާރުގެ އެންމެ މަތީ ވެރިޔާގެ ގޮތުގައި ކުރިމަތިލާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

އަދި މީގެ އިތުރުން އެ މަނިކުފާނު ވިދާޅުވީ، އަމަލުކުރައްވަނީ ގާނޫނުއަސާސީއާއި ވެރިކަން ހިންގުމުގެ ނިޒާމަށް ކޮންމެހެން ގެންނަންޖެހޭ ހެޔޮ ބަދަލުތައް ގެންނަންވަން ކަމަށާއި،

މިއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލެއް ނޫން ކަމަށެވެ. ނަޝީދު ވަނީ ބަދަލުތަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް މޭޒު ދޮށަށް ވަޑައިގެންނެވުމަށް އެދިވަޑައިގެންފައެވެ. އަދި، އެކުގައި މަޝްވަރާކޮށްގެން މިހާރުން މިހާރަށް މި ބަދަލުތައް ގެންނަން އެ މަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.

ރައީސް ނަޝިދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށަކަށް ދަތުރުކޮށް، ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ބައިވެރިވުން މި ވިސްނުމުގައި ބޭނުންވާ ކަމަށެވެ. އެއީ އެ ހުރިހާ ރައްޔިތުން އެދޭ ބޮޑު ބަދަލެއްގެ ގޮތުގައި ކުރިއަށް ގެންދިއުން ކަމަށްވެސް ވިދާޅުވިއެވެ.

ad