logo

ކިނބިދޫގައި ހިނގި މާރާމާރީ އެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
3 ގަޑިއިރު ކުރިން

ކިނބިދޫގައި ހިނގި މާރާމާރީ އެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލައިފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ތ. ކިނބިދޫގައި ހިނގި މާރާމާރީ އެއްގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމުކޮށްލާފައިވާ މައްސަލައެއް ހުށަހެޅިފައިވާ ކަމަށެވެ.

އެގޮތުން އޭޕްރީލް 29 ވަނަ ދުވަހުގެ ރޭ 20:40 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި މާރާމާރީގައި އަނިޔާވި އުމުރުން 36 އަހަރުގެ ފިރިހެން މީހާއަށް ކިނބިދޫ ސިއްހީ މަރުކަޒުން ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް މިހާރު ވަނީ ތ. އަތޮޅު ހޮސްޕިޓަލަށް ބަދަލުކުރެވިފަ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މީހާއަށް ލިބިފައިވާ އަނިޔާ ސީރިއަސްއެއް ނޫން ކަމަށްވެސް ފުލުުހުން ވަނީ ބުނެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ad