logo

އައްޑޫ ހުޅުދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމުކޮށްލައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
2 ގަޑިއިރު ކުރިން

އައްޑޫގެ ހުޅުދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމުކޮށްލައިފިއެވެ.

ފުލުހުން ބުނީ ސ. ހުޅުމީދޫ ހެލްތު ސެންޓަރަށް ގެންދިޔަ މީހަކަށް ބޮޑު އަނިޔާއެއް ވެފައިވާ މައްސަލައެއް 13:50 ހާއިރު އެ މަރުކަޒުން ރިޕޯޓުކޮށްފައިވާ ކަމަށެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކޮށް ފުލުހުން ބުނި ގޮތުގައި، އެ މީހާއަށް އަނިޔާވީ ޑުރަގުގެ މުއާމަލާތަކާ ގުޅިގެން އުފެދުނު ދެބަސްވުމެއްގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން ކަމަށެވެ.

އެއީ، 39 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށްވާއިރު، އޭނާއަށް އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭގެއިތުރުން، މި މައްސަލައިގައި 44 އަހަރުގެ ދިވެހި ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަން އެ މުއައްސަސާއިން ފާހަގަކުރިއެވެ. މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ފާހަގަކުރެވޭ ގޮތުގައި، މާރާމާރީގެ މައްސަލަތައް ދޭތެރެއަކުން ފެންމަތިވެއެވެ. މިގޮތުން، މި މަހުގެ 17 ވަނަ ދުވަހުގެ ރޭ ދަންވަރު މާލޭގައި ތޫނު އެއްޗަކުން ބަންގްލަދޭޝްގެ މީހަކަށް ހަމަލާދީ، އޭނާގެ ކަރު ވަރަށް ބޮޑަށް ވަނީ ޒަޚަމުކޮށްލާފައެވެ.

ad