logo

ކަަސްޓަމްސް މަސައްކަތްތައް ޑިޖިޓަލައިޒް ކުރަނީ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ކަސްޓަމްސްގެ މަސައްކަތްތައް ކުރިއަށް އޮޮތް ތަނުގައި ބައްޓަން ކުރާނީ ޑިޖިޓަލައިޒްކޮށްގެން ކަމަށް ހޯމްލޭންޑް މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއް ޖެއެވެ.

ރާއްޖޭގައި ކަސްޓަމްސްގެ ހިދުމަތުގެ ދިދަ އުފުލުމުގެ ރަސްމިއްޔާތުގެ 136 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފައިވާއިރު، މިއީ ވިޔަފާރިއަށް މަގުފަހިކޮށްދިނުމާއި ބޯޑަރުތައް ރައްކާތެރިކުރުމާއި، ޤައުމަށް ޚިދުމަތްކުރުމުގައި ދެމިތިބުމުގެ މިސާލުކަން މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ކަސްޓަމްސް ގެ 136 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ދެއްވި މެސެޖްގައި ރާއްޖޭގެ ކަސްޓަމްސްއަކީ ދައުލަތުގެ އެންމެ ދިގު ތާރީޚެއް އޮތް މުއައްސަސާއަށްވާ އިރު، މިނިސްޓަރު ވިދާޅުވީ އެ މުއައްސަސާއިން ކުރަމުން ދަނީ ޤައުމީ ސަލާމަތާ ބެހޭ ވަރަށް މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

ޚާއްސަކޮށް ރާއްޖޭގެ ދޮރޯށިތައް ބެލެހެއްޓުމާއި، ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކޮށްދިނުމުގެ އިތުރުން ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ހިއްސާއެއް ރައްކާތެރިކަމާއެކު ބެލެހެއްޓުމުގެ ޒިންމާ ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމްސްއިން އިހްލާސްތެރިކަމާއެކު ބަލަހައްޓަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ad