ބ. އޭދަފުށީ ބަނދަރު ސަރަހައްދު މޫދުގައި އުމުރުން ދުވަސްވީ ފިރިހެނަކު ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
ފުލުހުން ބުނީ މިކަން ފުލުހުނަށް ރިޕޯޓުކޮށްފައިވަނީ މިއަދު ހެނދުނު 7:55 އެހައިކަންހާއިރު ކަމަށެވެ.
ފުލުހުން ބުނީ، ނިޔާވެފައި އޮތްވާ ފެނިފައިވަނީ ބ. އޭދަފުށީ، ސީސަންގެ، އުމުރުން 82 އަހަރުގެ ޢަލީ ޢަބްދުﷲ ކަމަށެވެ.
މިކަމުގެ އިތުރު ތަފްސީލެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް މިމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުންވަނީ ބުނެފައެވެ.

