logo

ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރުމަށް މަޝްވަރާކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
7 ގަޑިއިރު ކުރިން

ބަންގްލަދޭޝްއާ ދެމެދު ސީދާ ޝިޕިން ގުޅުމެއް ގާއިމުކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ޚާރިޖީ ވަޒީރުން އިއްޔެ މާލޭގައި ރަސްމީ މަޝްވަރާތަކެއް ބާއްވައިފިއެވެ

މި މަޝްވަރާތައް ކުރިއަ ށްދިޔައީ ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ޑރ. ހަލީލުއް ރަހުމާނާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އިރުތިޝާމް އާދަމް މާލޭގައި ބޭއްވެވި ރަސްމީ ބައްދަލުކުރެއްވުމުގެ ތެރޭގަ އެވެ. ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި މަޝްވަރާތަކުގެ މައިގަނޑު އަމާޒަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވިޔަފާރީގެ ގުޅުންތައް އިތުރަށް ހަރުދަނާކޮށް ފުޅާކުރުމެވެ.

ދެ މިނިސްޓަރުން ވަނީ ދެ ގައުމުގައި ދިރިއުޅޭ ދެ ގައުމުގެ ރައްޔިތުންގެ އުޅޭ ރައްޔިތުންގެ ރައްކާތެރިކަމުގެ އިތުރުން ފަތުރުވެރިކަން، ތައުލީމު، ސިއްހަތު، ނޫ އިގުތިސޯދު އަދި ޝިިޕިން ދާއިރާއިން އެއްބާރުލުން އިތުރުކޮށް ވަރުގަދަކުރެވޭނެ ގޮތްތަކާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.

ބަންގްލަދޭޝްގެ ޚާރިޖީ ވަޒީރު ޚަލީލުއްރަޙްމާން ވިދާޅުވީ، އެ ގައުމުގެ ސަރުކާރުން ގެންގުޅޭ "ބަންގްލަދޭޝް ފަސްޓް" ޚާރިޖީ ސިޔާސަތުގެ ދަށުން، ދެ ގައުމުގެ ރައްޔިތުންނަށް ސީދާ ގޮތެއްގައި ފައިދާކުރާނެ ފަދަ ގުޅުންތައް ބިނާކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އިސް ފަންތީގެ ދަތުރުތައް އިތުރުކުރުމާ ގުޅޭގޮތުން ވެސް ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ

ޝިޕިން ގުޅުމެއް ގާއިމުކުރުމުގެ މަސައްކަތަކީ 2021 ވަނަ އަހަރުން ފެށިގެން ދެ ގައުމުގެ މެދުގައި އެއްބަސްވެފައިވާ ކަމެކެވެ. އޭރު ނިންމާފައިވަނީ މާލެއާއި ބަންގްލަދޭޝްގެ ތިން ބަނދަރަކާ ދެމެދު ސީދާ ދަތުރުތައް ފެށުމަށެވެ. ނަމަވެސް، މިހާތަނަށް އެކަން އަމަލީ ގޮތުން ތަންފީޒުކުރެވިފައި ނުވާތީ، އިއްޔެގެ ބައްދަލުވުމުގައި ވަނީ މިކަން އަވަސްކުރުމާ ގުޅޭގޮތުން އަލުން މަޝްވަރާކޮށްފައެވެ..

އެ ބައްދަލުވުމުގައި ސްޓޭޓް މިނިސްޓަރު މުހައްމަދު ފަހުމީ ހަސަނާ، ބަންގްލަދޭޝް އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުހައްމަދު ނަޒްމުލް އިސްލާމް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ

ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު ރާއްޖެ އަށް ކުރެއްވި ދަތުރި ނިންމަވާލައްވައި މިއަދު ވަނީ ފުރާވަޑައިގެންފަ އެވެ..

ad