logo

ދެ ސައިކަލު ޖެހި ރޭގަ ވެސް އެކްސިޑެންޓެއް ހިގައިފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
ގަޑިއިރެއް ކުރިން

ދެ ސައިކަލު ޖެހި ރޭގަ ވެސް އެކްސިޑެންޓެއް ހިގާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ ހުޅުމާލެ ފޭސް 2، ހިތިގަސް މަގު، ވިނަރެސް 5 ކައިރިން ދެ ސައިކަލު ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު 2026 ސެޕްޓެމްބަރު 9 ވަނަ ދުވަހުގެ ރޭ 23:05 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.

މި ހާދިސާގައި ދެ ސައިކަލު ދުއްވަން ތިބި މީހުންނާއި ފަހަތުގައި ތިބި ޖުމްލަ ހަތަރު މީހަކަށް އަނިޔާ ވެފައިވެއެވެ. ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައި ނުވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

ad