މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފޯރިގަދަކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށްޓަކައި، އެޗްޑީސީއާއި ޕީއެސްއެމް ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވޯލްޑް ކަޕް ބެލުމަށް ބޮޑުސްކްރީންތައް ބަހައްޓައިފިއެވެ.
އެޗްޑީސީން ބުނީ މި ބޮޑު ސްކްރީންތައް ބަހައްޓާފައިވާ ހުރިހާ ސަރަހައްދަކުންވެސް މި އަހަރުގެ ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް ދައްކާނެ ކަމަށެވެ.
އެގޮތުން ބޮޑު ސްކްރީނުން އާންމުންނަށް މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސާފައިވާ ހުޅުމާލޭގެ ތިން ސަރަހައްދަކީ؛
ހުޅުމާލެ ފޭސް 1 – ސެންޓްރަލް ޕާކު
ހުޅުމާލެ ފޭސް 1 – ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ކައިރި.
ހުޅުމާލެ ފޭސް 2 – ވިނަރެސް ޓަވަރު 9 ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ކައިރި.
ވޯލްޑް ކަޕުގެ ފޯރި މުޅި ރާއްޖޭގައިވެސް ގަދަވެފައިވާއިރު، އެޗްޑީސީން ބުނީ އެ ކޯޕަރޭޝަންގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށްވެސް އަމާންކަމާއެކު ފޯރިގަދަ މާހައުލެއްގައި ހިލޭ މި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުން ކަމަށެވެ.

