logo

ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މުސްލިމާ ޙަސަން
13 ގަޑިއިރު ކުރިން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލް ކޮންސްޓަބިއުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ. މާލެ ސަރަހައްދުގައި މަސައްކަތްކުރުމަށް ހަމަޖެހިފައިވާ މި މަގާމަށް 29 މުވައްޒަފުން ނެގުމަށް ވަނީ އިއުލާނުކޮށްފައެވެ.

މި މަގާމުގެ މުސާރައަކީ މަހަކު 17,175.00 ރުފިޔާއެވެ. މަގާމުގެ މަސްއޫލިއްޔަތަކީ ސްޕެޝަލް ކޮންސްޓަބިއުލަރީ ފުލުހެއްގެ ދައުރު އަދާކުރުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުމެވެ.

މަގާމުގެ ޝަރުތުތައް:

  1. ގްރޭޑް 10 ނިންމާފައިވުން
  2. މީލާދީ ގޮތުން 18 އަހަރާއި 35 އަހަރާ ދެމެދުގެ ފަރާތެއް ކަމުގައިވުން
  3. ފިރިހެނަކު ނަމަ އިސްކޮޅުގައި 5 ފޫޓު 3 އިންޗި، އަދި އަންހެނަކު ނަމަ 5 ފޫޓު ހަމަވުން
  4. ޖިނާއީ ބޮޑު ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، ޖިނާއީ ކުށެއް ސާބިތުވެފައިވާނަމަ އެ ހުކުމް ތަންފީޛުކޮށް ނިމުނުތާ ނުވަތަ އަދަބު މައާފުކުރިތާ 3 އަހަރު ފުރިހަމަވެފައިވުން
  5. ގެވެށި އަނިޔާގެ މައްސަލައަކާ ގުޅިގެން ޝަރުއީ ކޯޓަކުން ރައްކާތެރިކަމުގެ އަމުރެއް ނެރެފައިވާ މީހަކު ކަމުގައި ނުވުން
  6. ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި، އިންތިހާބީ މަގާމެއް އަދާކުރަމުންދާ މީހަކު ކަމުގައި ނުވުން
  7. މަސްތުވާ އެއްޗެއް ބޭނުންކުރުމުގެ ކުށުގެ ދައުވާއެއް އުފުލިފައިވާ ފަރާތަކަށް ނުވުން
  8. ފުލުހުންގެ ތަމްރީނު ފުރިހަމަކުރެވޭ ފަދަ ސިއްހީ ގޮތުން ދުޅަހެޔޮ، އަހުލާގު ރަނގަޅު މީހަކު ކަމުގައިވުން

ވަޒީފާއަށް މީހުން ހޮވުމުގައި ފިޒިކަލް ފިޓްނަސް ޓެސްޓާއި، ފެތުމުގެ ޓެސްޓާއި، މެޑިކަލް އެގްޒަމިނޭޝަން، ޕޮލިގްރާފް ޓެސްޓް، އިންޓަވިއު އަދި ބެކްގްރައުންޑް އެސެސްމަންޓް ކުރިއަށްގެންދެވޭނެއެވެ. ވަޒީފާއަށް މީހުން ހޮވުމުގައި އިސްކަންދެވޭނީ މި އެސެސްމަންޓްތަކުން އެންމެ މަތީ މާކްސް ހޯދާ ފަރާތްތަކަށެވެ.

ވަޒީފާއަށް އެދި ހުށަހަޅާ ފޯމާއި، ކުށުގެ ރެކޯޑު ބަލާ ފޯމު ފުލުހުންގެ ރަސްމީ ވެބްސައިޓުން (www.police.gov.mv) ލިބެން ހުންނާނެއެވެ.

މި މަގާމަށް އެދޭ ފަރާތްތަކުން، ފުރިހަމަކޮށްފައިވާ ފޯމާއި ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުންތައް ހުށަހެޅުމުގެ އެންމެ ފަހު ތާރިހަކީ، 2026 ސެޕްޓެމްބަރު 30 ވާ ބުދަ ދުވަހުގެ 16:00 އެވެ. ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އަށެވެ. އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވެ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

ad