logo

އޮންލައިން ކޮށް ވިޔަފާރި ކުރުމަށް ދެން ދައްޗެއް ނުވާނެ: ވަޒީރު މުޙައްމަދު ސަޢިދު

މަރްޔަމް
13 ގަޑިއިރު ކުރިން

އީކޮމާސް ނުވަތަ ބޭރުގެ އޮންލައިން ވެބްސައިޓް ތަކުން ވިޔަފާރި ކުރުމަަށް ދިމާވަމުން އަންނަ ދަތިތަކަށް ހައްލު ގެންނަމުން ދާކަމަށާއި ކުރިއަށް އޮތް ތަނުގައި އެފަދަ ދަތިތައް ދިމާ ނުވާނެ ކަމަށް މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލަޕްމަންޓް ، ޓްރާންސްޕޯޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލު ވުމުގައި ސަޢީދު ވިދާޅުވީ ޑޮލަރުގެ މައްސަލަޔާ ގުޅިގެން ބޭންކްއޮފް މޯލްޑިވްސް (ބީއެމްއެލް )އަށް އައި ހީނަރުކަން ވަރަށް ރަނގަޅަށް މެނޭޖް ކޮއްފައިވާ ކަމަށެވެ.

"މިހާރު އެބޭފުޅުން ޓީޓީ ހަދާ ދިނުމުގައިވެސް ، ބޭރު ފައިސާ ދޫކުރުމުގައިވެސް ހާލަތު ބަދަލުވެ ކުރީގެ ހާލަތައްް ރުޖޫޢަވަމުން އެދަނީ މަސައްކަތް ކުރަމުން. ވަރަށް ބާރަށް. އެ ހާލަތު ބަދަލު ވަމުން އެދަނީ"މިނިސްޓަރ ސަޢީދު

ރާއްޖެއަށް ކުރިމަތިވީ ބޭރު ފައިސާގެ ދަތި ކަމަކީ ފާއިތުވީ ސަރުކާރުތަކުން ނަގާފައިވާ 1.4 ބިލިއަން ޑޮލަރުގެ ބޮޑު ދަަރަނި ރައީސް ޑރ. މުޙައްމަދު މުއިޒްގެ މި ސަރުކާރުން ދައްކަން ޖެހުމުން ދިމާވި ހާލަތެއް ކަމަށާއި މިދަރަނީގެ ބޮޑު ބަޔަކީ ގައުމުގެ އިގްތިސާދަށް އެއްވެސް ކުރިއެރުމެއް ނުލިބޭ އަދި އާމްދަނީ އުފެއްދުމުގެ ގާބިލް ކަން ނެތް ކަންކަމަށް ނަގާފައިވާ ލޯނުތަކަކަށް ވުމުން ދައުލަތައް އާމްދަނީ އިތުރުކުރުމަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވީ ކަމަށް މިނިިސްޓަރ ވިދާޅުވިއެވެ.

ޑޮލަރުގެ ޓްރާންސްފަރ އާޢި ޓީޓީގެ ޚިދުމަތް ހަފްތާއެއްގެ ތެރޭގައި ހައްލުވާނެ ކަމަށް ބީއެމްއެލުން މީގެ ހަފްތާއެއް ކުރިން ބުނި ނަމަވެސް އޭގެ ފަހުންވެސް އެ ހާލަތު ބަދަލު ނުވާ ކަމަށް ވިޔަފާރި ތަކުން އަންނަނީ ބުނަމުން ނެވެ.

ad