logo

ސިވިލް ސާވިސް މުވައްޒަފުންނަށް ބަފާރ ޓައިމް ތައާރަފް ކޮށްފި

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މަސައްކަތުގެ މާޙައުލުގައި ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމުގެ މަގްސަދުގައި، ސިވިލް ސަރވިސްގެ ގަވާއިދަށް މުހިންމު އިޞްލާޙުތަކެއް ގެނެސް، ގަޑިއަށް އޮފީހަށް ހާޒިރު ނުވެވޭނެ ހާލަތްތަކުގައި 30 މިނެޓް ދިނުމަށް އިސްލާހަށް ބަދަލު ގެނެސްފިއެވެ.

އެ އިސްލާހުގަ ވަނީ ބަފާ ޓައިމް އަކީ މުވައްޒަފުންނަށް ދިމާވާ ހާއްސަ ހާލަތަކާ ގުޅިގެން، ރަސްމީ މަސައްކަތު ވަގުތު ވަގުތަށް އޮފީހަށް ހާޒިރުނުވެވޭ ހާލަތުގައި އިތުރު ހުއްދައަކާ ނުލާ މަސައްކަތު ގަޑި އެޖަސްޓުކުރުމަށް ދެވޭ ވަގުތެއް ކަމަށެވެ. އަދި އެ ވަގުތުގެ ފަހަށް އެއްވެސް ސަބަބަކާ ހުރެ އޮފީހަށް ހާޒިރުވާ ގަޑި އެޖަސްޓު ނުކޮށްދެވޭނެ ކަމަށް ކަމަށް ވެސް ގަވައިދުގަ ވަނީ ބުނެފައެވެ.

މި ވަގުތު ބޭނުންކުރާ މުވައްޒަފުން އެ ދުވަހަކު އޮފީސް ނިމޭ ގަޑި، ލަސްވި މިންވަރަށް ފަސްކޮށްގެން މަސައްކަތު ގަޑި ހަމަކުރަންޖެހޭނެއެވެ.

މީގެ އިތުރުން، ޚާއްޞަ ޞިއްޙީ ހާލަތްތަކާ ގުޅިގެން އޮފީހަށް ހާޒިރުނުވެ ގޭގައި ތިބެގެން މަސައްކަތްކުރުމުގެ ފުރުސަތުވެސް މިހާރު ވަނީ ހުޅުވާލާފައެވެ. މިގޮތަށް ހުއްދަ ދެވޭނީ ޞިއްޙީ ވުޒާރާގައި ރަޖިސްޓްރީކޮށްފައިވާ ސިއްހީ މަރުކަޒަކެއްގެ މަސައްކަތްތެރިއެއްގެ ލިޔުމަކަށް ރިއާޔަތްކޮށް، އެ މުވައްޒަފަކަށް އޮފީހަށް ނުކުމެ މަސައްކަތްނުކުރެވޭ ހާލަތެއް ދިމާވެއްޖެ ނަމައެވެ. އަދި އެ މުވައްޒަފަކު ކުރާ މަސައްކަތަކީ އޮފީހުން ބޭރުގައި ކުރެވޭނެ މަސައްކަތެއް ކަމަށްވާނަމައެވެ.

ad