ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގައި ކާގޯ ކްލިއަރެންސްގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކުން ބަލައިފިއެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ، މި ޒިޔާރަތުގެ ބޭނުމަކީ ވިޔަފާރިތަކަށް މުދާ ކްލިއަރކުރުމުގައި ހުރި ދަތިތައް ދެނެގަނެ، އެ ޚިދުމަތްތައް ހަރުދަނާކަމާއެކު އަވަހަށް ކުރިއަށްދާކަން ޔަގީންކުރުން ކަމަށެވެ.
މި މަސައްކަތްތައް ހިނގާގޮތް ބެލުމަށް ވީއައިއޭ އަށް ދިޔަ ޓީމުގައި އިކޮނޮމިކް މިނިސްޓްރީ، މައިންޑްކޯ، ކަސްޓަމްސް، ޑިފެންސް މިނިސްޓްރީ އަދި އެމްއެފްޑީއޭގެ އޮފިޝަލުން ހިމެނެއެވެ.
.jpg&w=3840&q=75)
ރައީސް ޑރ. މުހައްމަދު މުއިއްޒު 17 ޑިސެމްބަރު 2025 ގައި ވެވަޑައިގެންނެވި ވައުދާ އެއްގޮތަށް، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުދާ ކްލިއަރކުރުމުގެ ހިދުމަތް މިދިޔަ ޑިސެމްބަރު 25 އިން ފެށިގެން ދެމުން އަންނަނީ 24 ގަޑިއިރު މެދުކެނޑުމެއް ނެތިއެވެ.
މި ބަދަލާއެކު ވިޔަފާރިވެރިންނަށް މުދާ އެތެރެކުރުމުގައާއި، ހާއްސަކޮށް އަވަހަށް ހަލާކުވާ ޒާތުގެ ތަކެތި އަވަހަށް ބާޒާރަށް ނެރުމަށް ބޮޑެތި ފަސޭހަތަކެއް ވަނީ ލިބިފައެވެ. ސަރުކާރުގެ އަމާޒަކީ ވިޔަފާރިތަކަށް ދިމާވާ ދަތިތައް ހައްލުކޮށް، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅުކުރުމެވެ.

