logo

ނަފްސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ކ.ކާށިދޫގައި އާއިލީ ހަވީރެއް ބާއްވައިފި

ދިވެހި ޗެނަލް
ދިވެހި ޗެނަލް
13 ގަޑިއިރު ކުރިން

ދުނިޔޭގެ ނަފްސާނީ ސިއްޙަތުގެ ދުވަސް ފާހަގަކުރުމަށް ކ. ކާށިދޫގައި އާއިލީ ހަވީރެއް ބާއްވައިފިއެވެ. ވިލުންތެރި އާޢިލީ މަހާސަމާގެ ނަމުގައި ކުރިއަށް ގެންދިޔަ މި ހަވީރަކީ، ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓާއި ކާށިދޫ ކައުންސިލާއި ސިއްޙީ މަރުކަޒު ގުޅިގެން ކުރިއަށް ގެންދިޔަ ހަރަކާތެކެވެ.

undefinedސިއްޙަތާބެހޭ ވަޒީރު ޤީލާ ޢަލީ ވަނީ، މި މަހާސަމާއަށް ވަޑައިގެން އެކި ސްޓޯލްތައް ބައްލަވާލައްވާފައެވެ. މި ހަވީރު ނިންމުމުގެ ގޮތުން ވާހަކަ ދައްކަވަމުން ސިއްޙީ ވަޒީރު ޤީލާ އަލީ ވަނީ، ނަފްސާނީ ސިއްޙަތަކީ ގިނަ އަދަދެއްގެ ބަޔަކު، ކޮންމެވެސް ގޮތަކަށް އެ ބައްޔަށް ހުށަހެޅި ތަހައްމަލު ކުރާ ބައްޔެއް ކަމަށް ވިދާޅުވެފައެވެ. ވަޒީރު ވިދާޅުވީ، މިފަދަ ހަވީރެއްގެ ސަބަބުން އެންމެން ގުޅިގެން ކުރާ މަސައްކަތުގެ ނަތީޖާ ނެރެވިދާނެ ކަމަށެވެ.

undefined މި ހަވީރުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާޢިލާތަކުން ބައިވެރިވެ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްފައިވެއެވެ. މި ހަވީރު ކުރިއަަށް ގެންގޮސްފައިވަނީި، ހުރިހާ އުމުރުފުރާގެ މީހުންނަށްވެސް ބައިވެރިވެވޭ ގޮތަށް ތަފާތު ސްޓޯލްތަކަކާއެކުގައެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ޚާއްސަކޮށް މުނިފޫހިފިލުވުމުގެ ތަފާތު ހަރަކާތްތަކާއި މަޢުލޫމާތުތައް އެކި ސްޓޯލްތަކުން ފޯރުކޮށްދީފައިވެއެވެ. ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަސް ފާހަގަކުރަނީ، ދުނިޔޭގެ ނަފްސާނީ ސިއްހަތުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރު ރަސްމީކޮށް މި ދުވަސް ފާހަގަކުރަނީ، ކ.ކާށިދޫގައެވެ.

ad