logo

ޔޫ އޭއީން ހައްޔަރު ކުރި 2 ދިވެހި ޕައިލެޓުން ރާއްޖެ އަތުވެއްޖެ.

މަރްޔަމް
7 ގަޑިއިރު ކުރިން

ފްލައިޑުބާއީގެ ފްލައިޓެއް ހައިޖެކްކޮށް ޓެރަރިސްޓް ހަމަލައެއް ދޭން ރޭވިކަމުގެ ތުހުމަތުަގައި ހައްޔަރުކުރި ދިވެހި ދެ ޕައިލަޓުން މިއަދު ރާއްޖެ އަތުވެއްޖެއެވެ.

މިއަދު ހެނދުނު މި ދެ ޕައިލެޓުން ރާއްޖެ އައި އިރު އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލާ މައުލޫމާތު ސާފު ކުރުމުގެ މަސައްކަތް ފުލުހުން އަންނަނީ ކުރަމުން ނެވެ. އެ ހާދިސާ އާއި އެދެމީހުން ނާއި އޮތް ގުޅުމެއް ނުވަތ އެމީހުންގެ މައްޗައް ތުހުމަތު ކުރަނީ ކޮން ކަމަކަށް ކަން ނޭގުނު ނަމަވެސް މި ދެ ޕައިލެޓުންނާއި އެ ފްލައިޓް ގައި އިން އޮމާންގެ ކޯޕައިލެޓާ ގުޅުމެއް އޮތް ކަމުގެ ވާހަކަ ތައް ވަނީ އަޑު އިވިފައެވެ.

ދުބާއިން ފުރައިގެން 174 މީހުނާ އެކު ދަތުރު ކުރަމުން ދިޔަ ބޯއިން 737 ، މެކްސް8 މަރުކާގެ ބޯޓްގެ ކޮކްޕިޓް ތެރޭގައި ކެޕްޓަނަށް ވަޅިން ހަމަލާ ދީ ބޯޓް ވައްޓާލަން ވަނީ މަސައްކަތް ކޮއްފައެވެ. ބޯޓާއި ފަސިންޖަރުން ސަލާމަތްވެފައި ވަނީ ޒަޚަމްވެފައިވާ ކެޕްޓަން ކޮކްޕިޓްގެ ދޮރު ހުޅުވުމުން ފަސިންޖަރުން ވަދެ ކޯޕައިލެޓް އަތުލައިގަނެ ބޯޓްގެ ކޮންޓްރޯލް ނެގުމުންނެވެ.

މިކަމާ ގުޅިގެން ހައްޔަރު ކުރި ރާއްޖޭގެ 2 ޕައިލަޓުން ރާއްޖެއަށް އަނބުރާ ފޮނުވާލާފައި ވަނީ ކީއްވެ ކަމެއް އެނގިފައެއް ނުވެއެވެ.

ad