logo

ސިއްހީ މަޝްރޫއުތަކުން 60 މިލިއަން ރުފިޔާ ކުރީ ސަރުކާރުން އިސްރާފް ކުރެއްވި: ގީލާ

މުސްލިމާ ޙަސަން
މުސްލިމާ ޙަސަން
2 ގަޑިއިރު ކުރިން

މިދިޔަ ސަރުކާރުގައި 60 މިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް ސިއްހީ ދާއިރާ އަށް އިސްރާފުވެފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީދު ވިދާޅުވެއްޖެ އެވެ

ރައްޔިތުންގެ މަޖިލީހުގެ މިއަދު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ގީލާ އަކީ ވިދާޅުވީ ގިނަ މަޝްރޫއުތަކެއްގެ އެއްބަސްވުން ބާތިލުކުރަން ޖެހުނީ މާ އަގުބޮޑުކޮށް ހަވާލުކޮށްފައިވާތީ ކަމަށާއި، މެންބަރު ފާހަގަކުރެއްވި ގޮތަށް ސިއްހީ ހިދުމަތުގައި ގިނަ އަދަދެއްގެ ޕްރޮޖެކްޓްތަކެއް ވަނީ ބާތިލުކުރަން ޖެހިފަ ކަމަށެވެ. އެގޮތުން ފަސްދޮޅަސް މިލިއަނަށް ވުރެ ގިނަ ފައިސާ އިސްރާފުކޮށް މަޝްރޫއުތައް އެތައް ބަޔަކާ ހަވާލުކުރެވިފައިވާ ކަމަށެވެ.

އިތުރަށް ކަންބޮޑުވުން ފާޅުކޮށް ވިދާޅުވީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މަޝްރޫއުތައް ހަވާލުކުރި ބައެއް ކުންފުނިތަކުން އަމަލީ މަސައްކަތް ނުފަށާ ވާ ކަމަށެވެ. އެގޮތުން ގިނަ ދުވަސްތަކެއް ވުމުން އެއްބަސްވުންތައް ބާތިލުކޮށް، އެހެން ކުންފުނިތަކާ ހަވާލުކުރަން ޖެހުނު ކަމަށެވެ.

އެހެންކަމުން ގެއްލުނު ފައިސާ ހޯދަން ގާނޫނީ ގޮތުން ކުރަން ޖެހޭ މަސައްކަތްތައް ސަރުކާރުން ކުރަމުން އަންނަ ކަމަށް ވެސް ގީލާ ވިދާޅުވިއެވެ.

ad