logo

ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢު ނިމުމަކާ ގާތަށް

އާމިނަތު މޫސާ
10 ގަޑިއިރު ކުރިން

ށ. ބިލެތްފަހި ބަނދަރު އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށް ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނެފިއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވުޒާރާއިން ބުނީ، އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރިއަށްދަނީ ބޭރޮތޮށީގައި ހިލަ ޖެހުމުގެ މަސައްކަތްތައްކަމަށެވެ.
ބިލެތްފަހި ބަނދަރު ތަރައްގީކުރުމުގެ މަޝްރޫޢުގެ ދަށުން، ބޮޑު ހިލަ ބޭނުންކޮށްގެން 376 މީޓަރ ބޭރު ތޮށި ހެދުމާއި، 98 މީޓަރުގެ އެއްގަމު ތޮށި ހެދުމާއި، 5 މޫރިން ބްލޮކް ލުމާއި، 11 ބަނދަރު ބައްތި ހަރުކުރުމާއި، 2 ނެރުބައްތި ހަރުކުރުމުގެ އިތުރުން 1150 ސޮކްޔަރ މީޓަރުގެ ޕޭވްމަންޓެއް ހެދުމަށް ހަމަޖެހިފައިވެއެވެ.

އަދި 14،325 ކިއުބިކް މީޓަރުގެ ބަނދަރު ފުންކުރުމާއި، 9800 ކިއުބިކް މީޓަރ ނެރު ފުންކުރުމާރި، ރޭމްޕެއް ހެދުމުގެ އިތުރުން 22 މީޓަރުގެ ގުރޮއިން ޖެހުމަށް ހަމަޖެހިފައިވެއެވެ.

ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ 93 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި އެ މަޝްރޫޢުގެ ތެރެއިން މިހާރު ކުރަމުންދަނީ ބޭރޮތޮށީގައި ހިލަ ޖެހުމުގެ މަސައްކަތްތައްކަމަށް ބުނެއެވެ.

ބިލެތްފަހީގައި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރަކީ ޖާގައިގެ ގޮތުންވެސް ކުޑަ ބަނޑަރެކެވެ. ބަނދަރުގެ ނެރުގައި އުފެދޭ ރާޅުބާނީގެ ސަބަބުން އޮޑިދޯނިފަހަރު ބަނދަރު ތެރެއަށް ވަދެ ނުކުތުމަށާއި، އޮޑިދޯނިފަހަރަށްވެސް އަންނަނީ ގެއްލުންތަކެއް ލިބެމުންނެވެ.

ބިލެތްފަހި ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ އެމްޓީސީސީއާ ޙަވާލުކޮށްގެންނެވެ. މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރީ 2021ވަނަ އަހަރުގެ ޖެނުއަރީމަސްތެރޭގައެވެ. މިއީ 47.09 މިލިޔަން ރުފިޔާގެ މަޝްރޫޢެކެވެ.

ބިލެތްފަހި ބަނދަރަކީ އެންމެ ފުރަތަމަ ބަނދަރު ހެދުމުގެ މަސައްކަތް ނިންމާލިއިރުވެސް ވަދެ ނުކުތުމުގެ މައްސަލަ ދިމާވާން ފެށި ބަނދަރެކެވެ. އެ މައްސަލަތައް ހައްލުކުރުމަށް އެކި ސަރުކާރުތަކުން މަސައްކަތްތަކެއް ކޮށްފައިވެއެވެ.

ad