logo

ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު

ދިޔާމާ އިބްރާހިމް
4 ގަޑިއިރު ކުރިން

މިއަދު ހަވީރު 4 އިން ފެށިގެން މިރޭގެ 10 އަކާ ހަމަޔަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނި ގޮތުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ހާދިސާތައް ހިނގުން އެކަށީގެންވާކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައި ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކޮށްފަވެއެވެ.

View post on Twitter

މީގެ އިތުރުން މިއަދުން ފެށިގެން ބުދަ ދުވަހާ ހަމަޔަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެ ކަމަށް ލަފާކުރެވޭތީ، ކަމާބެހޭ އިދާރާތަކުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ބޯކޮށް ވާރޭވެހި މަގުތަކުގައާއި ގޯތިގެދޮރުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމުން، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށްވެސް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މި ފަދަ ތަންތަނުގައި ކަރަންޓްގެ ރައްކާތެރިކަމަށް ވެސް ހާއްސަ ސަމާލުކަމެއް ދެއްވަން އެ އިދާރާއިން އިލްތިމާސް ކުރެއެވެ.

މީގެއިތުރުން ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ ވަސީލަތްތައް ހަމައަށް ހުރިކަން ކަށަވަރުކުރުމަށް ވަނީ އަންގަވާފައެވެ. އަދި ކޮންމެހެން ކުރަންޖެހޭ ދަތުރެއް ފިޔަވައި، ކަނޑުދަތުރުތައް ނުކުރުމަށް ވެސް ވަނީ އިރުޝާދު ދެއްވާއެވެ.

މެޓް އޮފީހުން މައުލޫމާތު ދޭ ގޮތުގައި އެންމެ ބޯކޮށް ވާރޭ ވެހުނު ކަމަށް ރެކޯޑް ކުރެވިފައިވަނީ ގދ.ފަރެސް މާތޮޑާއަށެވެ. އެ ރަށަށް 24 ގަޑިއިރު ތެރޭ 104.4 މިލިލީޓަރުގެ ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވިފައިވެއެވެ.

ad