ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކުރިއަށްދަނިކޮށް މާރާމާރީގައި ހިންގި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން އިތުރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ ހިދުމަތުން ބުނީ، އެ މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ. ހައްޔަރުކޮށްފައިވަނީ، އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މި މައްސަލައިގައި އެންމެ ފުރަތަމަ މިމަހުގެ 11 ވަނަ ދުވަހު ހައްޔަރުކޮށްފައިވަނީ 2 މީހެކެވެ. އެއީ 23 އަހަރާއި 24 އަހަރުގެ ދިވެހި 2 ފިރިހެނުންނެވެ. އޭގެ ފަހުން 12 ވަނަ ދުވަހު ވެސް 24 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފައެވެ.
ޕީއެންސީގެ އެތެރޭގެ އިންތިޚާބު ކުރިއަށްދަނިކޮށް އެތަނަށް ބަޔަކު ވަދެ، މާރާމާރީ ހިންގާފައިވާ މައްސަލައެއްގައި އިއްޔެވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ، އުމުރުން 23 އަހަރާއި، 24 އަހަރުގެ 2 ދިވެހިންނެވެ.
ފުލުހުން ބަލަމުން ދަނީ، ބަޔަކު ވަދެ ސްކޫލަށާއި ސްކޫލުގެ މުދަލަށް ގެއްލުންދީ، އެތަނުގައި ތިބި މީހުންނާ މެދު މާރާމާރީ ހިންގާފައިވާ މައްސަލައެކެވެ. މި މައްސަލަ ފުލުހުން ދަނީ، ތަހުގީގު ކުރަމުންނެވެ.
ފުލުހުން މިއަދު ބުނީ، އެ މައްސަލައިގައި ހައްޔަރު ކުރި 3 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން 15 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި 3 މީހުން ހައްޔަރު ކުރި ނަމަވެސް އެ މީހުންގެ ވަނަވަރެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
