މުވައްޒަފުން ބޭނުންކޮށްގެން ވިޔަފާރީގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށް ގެންދިއުމުގެ ހުނަރު ދަސްކޮށްދިނުން ކަމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އަމާޒުކޮށްގެން، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ވިޔަފާރިތައް ކުރިއެރުވުމާ ގުޅޭ ޚާއްޞަ ތަމްރީނު ޕްރޮގްރާމެއް މޯލްޑިވްސް ބިޒްނަސް ޗޭމްބަރއިން ބާއްވައިފިއެވެ .
މާލެއާއި އަތޮޅުތަކުގެ އެކި ކުންފުނިތަކުން ތިރީހަކަށް ވުރެ ގިނަ މީހުން ބައިވެރިވި މި ސެޝަނަށް ގައި ބައިވެރިވެފައިވެއެވެ.
މި ޕްރޮގްރާމްގެ ސަބަބުން ވިޔަފާރީގެ ޚިދުމަތްތައް ރަނގަޅުވެ ލިޔެކިޔުންތައް ތައްޔާރުކުރުމާއި، ބައިނަލްއަޤުވާމީ މާކެޓަށް ވާސިލުވުމަށް އޭއައިގެ ސަބަބުން ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް މި ޕްރޮގްރާމާ ގުޅޭގޮތުން މޯލްޑިވްސް ބިޒްނަސް ޗޭމްބަރގެ ރައީސް އަޙްމަދު ވަނީ ވިދާޅުވެފައެވެ.
މި ޕްރޮގްރާމްގެ ސަބަބުން އޭއައިގެ އެހީގައި ވިޔަފާރީގެ އިދާރީ ހިންގުމާއި އެހެނިހެން މަސައްކަތްތައް އަވަހަށް އަދި ފަސޭހައިން ކުރިއަށް ގެންދާނެ އުކުޅުތައް ވަނީ ދަސްކޮށްދީފައެވެ.

.jpg&w=256&q=75)
